ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ 3 ވަނަ ފިޔަވަހިން 64 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް އެ މަޝްރޫއުގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރޫއެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން މިހާރު ވަނީ 64 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިފައެވެ. ބިން ހިއްކުމުގެ މި އޮޕަރޭޝަންގައި ބޭނުންކުރަމުން ދަނީ 22،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި، ދުނިޔޭގެ ފެންވަރުގެ ދެ ޑްރެޖަރު ކަމަށްވާ “ޕްރިންސް ދަ ނެދަލޭންޑެން” އަދި “އޮރެންޖް” އެވެ. މި ވަސީލަތްތަކާއެކު މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ފެށި މި މަޝްރޫއު، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތަށް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް، ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކަށްފަހު، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އަލުން މަސައްކަތް ފަށައި، މިހާރު ވަނީ ނިމުމަކާ ގާތަށް ވާސިލުވެފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އިތުރުން ގިރާވަރުފަޅާއި، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުތައް ވީހާވެސް އަވަހަކަށް ނިންމައި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް