ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

ކުރިއަށް އޮތް 5 ދުވަހުވެސް އުތުރާއި މާލެ ސަރަހައްދުގެ ރަށްތަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މިއަދުވެސް ރާއްޖޭގެ އެކި ސަރަޙައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އައިކިއުއެއާއިން ދައްކާ ގޮތުގައި، މިއަދު މާލޭގެ ވައިގެ ކޮލިޓީ އުޅެނީ 111 ގައެވެ. އަދި މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގައެވެ. އެއީ ސިއްހަތާ ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާ ވަރަށް ވުރެ، ވައިގައި ހިރަފުސް އަށް ގުނަ އިތުރު އަދަދެކެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށާއި، ހާއްސަކޮށް ރާއްޖޭގެ އުތުރާއި މާލެ އަތޮޅުގެ ރަށްތަކަށް ދުންފުހުގެ އަސަރު ވަރަށްބޮޑަށް ކުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައިވެސް ވައި ނުސާފުވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ދުވަސްކޮޅު މާލޭގެ ވައި ނުސާފުވުން އެއް މިންގަނޑެއްގައި ހިފަހައްޓާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުން ދުރު ފެންނާނީ ތިން ކިލޯމީޓަރަށް ކަމަށްވެސް އެެ އިދާރާއިން ވިދާޅުވެއެވެ.

މާލޭގެ ވައިގެ ކޮލިޓީ މިހާރު އުޅެނީ 111ގައެވެ. އަދި 101އާއި 150އާ ދެމެދު ވައިގެ ކޮލިޓީ ހުންނަނަމަ، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ނޭވާލާ ނިޒާމުގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް، އެޗްޕީއޭއިން މީގެ ކުރިން ވިދާޅުވެފައެވެ.

ވައިގެ ނުސާފު މިންވަރު މިހާރު ހުރީ، ސިއްޙަތަށް ނުރައްކާވާ މިންވަރެއްގައެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ސިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ. އެހެންކަމުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، އަދި ނިކުންނައިރުވެސް އެން.95 މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ ޢިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް

ވައި ނުސާފުވުމުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފި