ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ފާއިތުވި އަހަރު 9.8 ބިލިއަން ރުފިޔާާ ހަރަދުކުރި

finance

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ފާއިތުވި 2025 ވަނަ އަހަރު 9.8 ބިލިއަން ރުފިޔާ ހަރަދުވިކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ހަފުތާއަކު އެއްފަހަރު އެ ވުޒާރާއިން އާއްމުކުރަމުންދާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ޑިސެންބަރު 31، 2025 ވަނަ ދުވަހުގެ ނިޔަލަށް ފައިނޭންސިން އަދި އިންޓަރެސްޓުގެ ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 4.6 ބިލިއަން ރުފިޔާއެވެ.

އެ މުއްދަތުގައި ލޯނު އަދާކުރުމަށް ޖުމްލަ 5.1 ބިލިއަން ރުފިޔާ ހަރަދުވިއެވެ. 2024 ވަނަ އަހަރު ލޯނު އަދާކުރުމަށް ހަރަދުވީ 2.3 ބިލިއަން ރުފިޔާއެވެ. ލޯނު އަދާކުރުމަށް ހަރަދުވި ފައިސާއާއި ފައިނޭންސިން އަދި އިންޓަރެސްޓުގެ ހަރަދަށް ހޭދަވި ފައިސާއާއެކު 2025 ވަނަ އަހަރު ޖުމްލަ 9.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހަރަދުވިއެވެ.

2024 ވަަނަ އަހަރު ފައިނޭންސިން ހަރަދުތަކާއި ލޯނު ދެއްކުމަށް ހަރަދުވި ފައިސާއާއެކު ދަރަނި އަދާކުރުމަށް ހަރަދުވީ 6.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ބަލާނަމަ ދަރަނި އަދާކުރުމުގެ ހޭދަ ނިމުނު އަހަރު ދެގުނައަށްވަނީ އިތުރުވެފައެވެ.

ނިމުނު އަހަރު ޖުމްލަ ހަރަދުވީ 43.1 ބިލިއަން ރުފިޔާއެވެ. 2024 ގައި 48.2 ބިލިއަން ރުފިޔާ ހަރަދުވިއެވެ. އަދި އާމްދަނީގެ ގޮތުގައި 2025 ގައި 39.6 ބިލިއަން ރުފިޔާ ލިބުނެވެ. ދައުލަތުގެ ހަރަދުތަކުން ދަރަނި އަދާކުރުމަށް ހޭދަކުރި ފައިސާ އުނިކުރުމުން 1.2 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވެއެވެ. ނިމުނު އަހަރު ދަރަނި އަދާކުރުމުގެ ހަރަދުތައް އުނިކުރުމުންވެސް 8.4 ބިލިއަން ރުފިޔާއިން ބަޖެޓު ދަރަނިވެރިވެއެވެ.

އަދި ޖުމްލަ ހަރަދުގެ ތެރޭގައި ދަރަނި އަދާކުރުމަށް ހޭދަވި ފައިސާ ހިމެނުމުން ބަޖެޓު ދަރަނިވެރިވަނީ 3.4 ބިލިއަން ރުފިޔާއިންނެވެ. އެއީ ނިމުނު އަހަރުގެ ޖުމްލަ ބަޖެޓު ދަރަނި ކަމުގައިވާ 13.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 73 އިންސައްތަ ދަށް އަދަދެކެވެ.

ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު އަހަަރުން އަހަރަށް އިތުރުވުމާއި ދައުލަތަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރައްކާުކުރެވިފައި ހުރި ބޭރު ފައިސާގެ އަދަދު ދަށްވުމަކީ، ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރެއިން ދެ ސަބަބެވެ. ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މާލީ ގޮތުން ހޯދުނު ބޮޑު ކުރިއެރުންތަކަކީ ކުރިއަށް އޮތް ތަނުގައި އިންވެސްޓަރުންގެ އިތުބާރު ހޯދައި، ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކޮށް، ބައިނަލްއަގުވާމީ މާލީ ބާޒާރުން އެކަށީގެންވާ ރަނގަޅު ރޭޓުތަކެއްގަައި ދަރަންޏަށް ފައިސާ ހޯދުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ