ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ސްޓެލްކޯ އިން ރަށްރަށަށް ޖަނެރޭޓަރުތައް ފޮނުވަނީ

Izaam

ކުރިއަށް އޮތް ޕީކް ސީޒަނާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ސްޓެލްކޯއިން ޚިދުމަތްދޭ 12 ރަށެއްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރާ ދިމާކޮށް، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން ފޮނުވުމަށް ހަމަޖެހިފައިވަނީ 600 ކިލޯވޮޓް، 800 ކިލޯވޮޓް އަދި 1000 ކިލޯވޮޓްގެ ޖެންސެޓްތަކެވެ. ސްޓެލްކޯގެ އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން މި ޖެންސެޓްތައް އެ ރަށްރަށުގައި އިންސްޓޯލްކޮށް ނިންމުމެވެ. މީގެ ސަބަބުން ރަށްރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި އެ ރަށު އިންޖީނުގެއަށް ގެންދެވުނު 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓު މިހާރު ވަނީ ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައެވެ. މިއާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެ، ޕީކް ސީޒަނުގައި ކަރަންޓުގެ ޔަޤީންކަން ބޮޑުވެގެންދާނެއެވެ.

ސްޓެލްކޯ އިން ހިދުމަތް ދެނީ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ ރަށްތަކަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް