ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2026 ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.4 މިލިޔަނަށް އަރާނެ

MMA
STO_Ads
TTH_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ފުރިހަމައަށް އޮޕަރޭޝަނަށް ގެނައުމާއެކު، 2026 ވަނަ އަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.4 މިލިޔަނަށް އަރާނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ. މިއީ އަހަރަކަށްވުރެ އަހަރެއް 8.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ޤައުމީ އުފެއްދުންތެރިކަމުގެ ހިއްސާ އޮންނަ މައިގަނޑު އެހެން ދާއިރާތަކުންވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ވިޔަފާރީގެ ދާއިރާއިން 7.0 އިންސައްތަ، ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިން 6.8 އިންސައްތަ، އަދި އިމާރާތް ކުރުމުގެ ދާއިރާއިން 4.7 އިންސައްތަ ކުރިއަރާފައިވެއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުން ޖީޑީޕީއަށް 3.4 ބިލިޔަން ރުފިޔާ ހިއްސާކޮށްފައިވާއިރު، މި ދާއިރާއިންވެސް 3.0 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

މިިދިޔަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު 105 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.

MMA_Ads
HajjCop_ads
Advertisement

ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަކީ، ގައުމެއްގެ ބޯޑަރުގެ އެތެރޭގައި އުފައްދާ ހުރިހާ އުފެއްދުންތަކެކެވެ. ޤައުމީ އުފެއްދުންތެރިކަން އެކުލެވިގެންވަނީ ބާޒާރުގައި ވިއްކުމަށް އުފައްދާ މުދަލާއި ޚިދުމަތްތަކުގެ އިތުރުން، ބާޒާރުގައި ނުވިއްކި ނަމަވެސް ސަރުކާރުން ފޯރުކޮށްދޭ ދިފާއީ ޚިދުމަތްތަކާއި ތައުލީމީ ޚިދުމަތްތައް ފަދަ ބައެއް މުހިންމު ޚިދުމަތްތަކުގެ މައްޗަށެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ވަނީ 105.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. 2024 ވަނަ އަހަރު މި އަދަދު ހުރީ 100.4 ބިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ޤައުމީ އުފެއްދުންތެރިކަމަށް މިކުރިއެރުމުގެ އެންމެ ބޮޑުބައެއް ހިއްސާއެއް ކުރަނީ ފަތުރުވެރިކަމާއި އެއާ ގުޅުން ހުރި ސިނާޢަތްތަކެވެ. އެގޮތުން މިިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުން ޖީޑީޕީއަށް 23.8 ބިލިޔަން ރުފިޔާ ހިއްސާކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5.7 އިންސައްތައިގެ ކުރިއެރުމެކެވެ. މި ސިނާއަތުން ބޮޑު ކުރިއެރުމެއް ހޯދިފައިވަނީ މިދިޔަ އަަހަރު ރާއްޖެއަށް 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

2025 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 4.5 އާއި 5.6 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެކަމަށް މަރުކަޒީ ބޭންކުން މީގެ ކުރިން ވަނީ އަންދާޒާކޮށްފައެވެ. އަދި މި ހިނގާ 2026 ވަނަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 4.8 އާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ. މި ކުރިއެރުން ބިނާވެފައިވަނީ ފަތުރުވެރިކަމުގެ އިތުރުން ދަތުރުފަތުރާއި، މުވާސަލާތީ ޚިދުމަތްތަކާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް އަންނާނެ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ގައުމެއްގެ އިޤްތިޞާދީ ދުވެލި ވަޒަންކުރާ މައިގަނޑު މިންގަނޑު ކަމަށްވާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތުން އެންމެ މަތީ ޖީޑީޕީ ހިއްސާކުރާ ގައުމަކީވެސް ރާއްޖެއެވެ. އަދި ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އާބާދީގެ ނިސްބަތުން އުފެއްދުންތެރިކަން މަތީގައި ހުރުމަކީވެސް ރާއްޖޭގެ އިޤްތިޞާދު ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް އިޤްތިޞާދީ މާހިރުން ގަބޫލުކުރެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

މޭމަހުގެ ނިޔަލަށް ބީއެމްއެލްއިން 345 މިލިއަން ޑޮލަރު ވިއްކައިފި

އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުުރުކޮށްފި

MMA

ކުރީ ސަރުކާރުގެ ބޮޑު ދަރަނި އަދާކުރުމަށްފަހުވެސް ދައުލަތުގެ ރިޒާވްގައި 814 މިލިއަން ޑޮލަރު

minister zameer

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން