ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމުގައި ނަމޫނާ ދައްކާފައި ތިއްބެވި ލީޑަރުންގެ ފަހަތުގައި ތިބެންޖެހޭ: ނައިބު ރައީސް

Ii

ގައުމުގައި ނަމޫނާ ދައްކާފައިވާ ލީޑަރުންގެ ފަހަތުގައި ތިބެންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ މޫސާ އަލީ ޖަލީލް ނިކުމެވަޑައިގެން ހުންނެވީ ވަރުގަދަ ޓީމަކާ އެކުގައި ކަމަށާއި، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒު ކުރެވޭނެ ބޭފުޅުން ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލް ހިމެނޭހެން ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ނައިބު ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

“އަޅުގަނޑުމެން ތިބެންވީތޯއޭ މިއަދު މާލޭ ރައްޔިތުން އަބަދު މާޒީގެ ވާހަކަ ދައްކަ ދައްކާލަ. އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެދައްކާ އޮޅުވާލުންތަކުގެ ތެރޭގައި ޣާފިލްވެގެން ތިބެންވީތޯއޭ. ނޫން، އެއަށްވުރެ މާ ވިސްނުންތެރި، މާ ތައުލީމީ، މާ ގާބިލް ޒުވާނުންތަކާ ޒިންމާދާރު ވެރިންތަކެއް އުފެދުނު ތަނެއް މީ،” ނައިބު ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް

452867 14cbb8f2 9

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު ނައިބު ރައީސް އިފުތިތާހުކޮށްދެއްވައިފި

448818 43e9be3c d

އިންޑިއާ އާއި ރާއްޖޭގެ ތާރީޚީ ގުޅުމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރޭ: ނައިބު ރައީސް

Ii

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި