ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުއްދަތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހެޅުނު

2

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 779 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. މިފުރުސަތު މިއަދުގެ މެންދުރުފަހު 3:00 ޖެހުމާހަމައަށްވަނީ ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފުރުސަތު ހަމަވީއިރު ޖުމްލަ 779 ޝަކުވާ ލިބިފައިވާކަމަށެވެ. ޝަކުވާގެ ގޮތުގައި މައިގަނޑުގޮތެއްގައި ލިބިފައިވަނީ، އެޑްރެސް ބަދަލުވުމާއި، ރަށްވެހިކަން ބަދަލުވުމާއި، ނިޔާވެފައިވާ ފަރާތްތައް ހިމެނުމާއި، ރަޖިސްޓްރީން ނަން އުނިކުރުމުގެ ބައެއް ޝަކުވާތަކެވެ.

އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް މިހާރުވަނީ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކޮށްފައެވެ. މިބިއުރޯއާއެކު ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ކަންކަމުގައި ޝަކުވާ ހުށައެޅުމާއި މައްސަލަ ހުށަހެޅުމަށާއި އެކަންކަން ބަލާ އަވަހަށް ޖަވާބުދާރީވެވޭނެފަދަ ނިޒާމެއް ޤާއިމުކުރުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ބިއުރޯއަށް ޝަކުވާ ހުށައެޅުމަށް ހަމަޖެހިފައިވަނީ ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލްއަށެވެ. އަދި ކޮމިޝަނުގެ ކައުންޓަރުތަކަށްވެސް ޝަކުވާ ހުށަހެޅޭނެއެވެ. ސިޓީތަކާއި، އަތޮޅު އަދި ރަށު ނުވަތަ އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ހުށައެޅުމުގެ އިންތިޒާމުތައްވަނީ ހަމަޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

Election

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހަކަށް

ހދ. އަތޮޅުގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

އައްޑޫ ސިޓީގެ ކެމްޕޭން ޖަގަހަ ހުޅުވައިފި