ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަނގެތީ ބަނދަރުގެ ޓީ-ޖެޓީ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

އދ. ދަނގެތި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، ޓީ-ޖެޓީ ސަރަހައްދުގެ ބެއިސިން ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ، މީގެ އިތުރުން ކުއޭ ވޯލް ބްލޮކް ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

69،500 ކިއުބިކް މީޓަރުގެ ސަރަޙަައްދެއްގެ ބަނދަރު ފުންކުރުން
33،600 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުން
7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުން
675 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
389 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން
35 މީޓަރުގެ ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުން
3،052 އަކަ މީޓަރުގެ ޕޭވްމެންޓްއެއް ހެދުން
މީގެ އިތުރުން މަގު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެ އެވެ.

ދަނގެތީ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވަލުކޮށްފައި ވަނީ 2024 ވަނަ އަހަރު ސެޕްޓެމްބަރު މަހު، 71.16 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި