ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ ނިމިއްޖެ

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫޢުގެ ދަށުން، މުޅި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހުގެ ތެރޭގަ އެވެ.

ރަށް ގިރުމުގެ މަސައްލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ފުނަދޫ އަކީ މީގެ ތެރެއިން އެއް ރަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެރަށުން ބޮޑު ބައެއް ގިރައިގެން ގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ.

ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށްޓަކައި، ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ ޖެނުއަރީ 26، 2023 ގައެވެ. މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި