ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

މި ދުވަސްވަރު ރާއްޖޭގައި އެކި ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ހުމާއި އަރިދަފުސް ރޯގާއަށް ޚާއްސަ “ފްލޫ ކްލިނިކެއް” ރަސްމީ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދު ގާއިމުކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި މި ކްލިނިކް ގާއިމުކުރީ ބަލިމީހުންނަށް އަވަހަށް ފަރުވާ ދިނުމުގެ މަގު ފަހިކުރުމުގެ ގޮތުންނެވެ. މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި، ބައްޔަށް ބޭނުންވާ ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ. ފްލޫ ކްލިނިކްގެ ޚިދުމަތްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.

މި ކްލިނިކް ގާއިމުކޮށްފައިވަނީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ. ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ދާން ޖެހެނީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރު) ޓްރިއޭޖަށެވެ. ކިއުބީ ޓޯކެން ސިސްޓަމް މެދުވެރިކޮށް ފްލޫ ކްލިނިކަށް ނަންބަރު ނެގުމުން، ބަލިމީހާ ދާންވީ ފްލޫ ކްލިނިކަށްތޯ ނުވަތަ އިމަޖެންސީ ރޫމަށްތޯ ޓްރިއޭޖުން ކަނޑައަޅައި އިރުޝާދު ދޭނެއެވެ. ބަލިމީހުންގެ ފަސޭހައަކަށްޓަކައި އެ ތަންތަނަށް ދާނެ މަގު އަންގައިދޭ މެޕެއް ވެސް ހޮސްޕިޓަލުން ވަނީ އާންމުކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޑިސެންބަރު މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން 413 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓްކުރި 70 ކޭސްއާ އަޅާބަލާއިރު 490 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

އަރިދަފުސް ރޯގާގެ ހާލަތަށް ބަލާއިރު، މިދިޔަ ނޮވެންބަރު މަހު 32,859 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޑިސެންބަރު މަހު މި އަދަދު ވަނީ 28,619 އަށް ދަށްވެފައެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓްކުރި 30,590 ކޭސްއާ އަޅާބަލާއިރު ވެސް މަދު އަދަދެކެވެ.

ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފަރުވާތެރިވުމަށް ސަރުކާރުންނާއި ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

ވައި ނުސާފުވުމުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފި