ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ޓެކްސީ ލައިނަށް އެއް ދުވަހުން 250 އަށްވުރެ ގިނަ މީހުންނާ އިންޓަވިއުކޮށްފި

މާލެ ސަރަހައްދުގެ ޓެކްސީގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ފަށާ ގައުމީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް އިއްޔެ ބޭއްވި ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މާފަންނު ބަސް ޓާމިނަލްގައި ކުރިއަށްދިޔަ މި ހަރަކާތުގައި 269 މީހުންނާ ވަނީ އިންޓަވިއުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި 285 ފުލްޓައިމް އަދި 122 ޕާޓްޓައިމް ޑްރައިވަރުން ހިމެނެއެވެ. ޑްރައިވަރުން ހޮވުމުގައި މިހާރުވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަފްތަރުގައި ތިބި ފަރާތްތަކަށް އިސްކަންދިނުމަށް ނިންމާފައިވަނީ، އެ ފަރާތްތަކަށް ރައްކާތެރިކަމާއެކު އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާ މި ހިދުމަތް ފަރުމާކޮށްފައިވަނީ “އޫބާ” އަދި “ގްރޭބް” ފަދަ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ގޮތަށެވެ. އަދި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އީވީ ކާރުތަކެކެވެ. މި ކާރުތައް ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާތީ ޚިދުމަތް ފެށުން ކޮންމެވެސް ވަރަކަށް ލަސްވި ނަމަވެސް، މިހާރު އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި