ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ތޫނު އިތާތަކެއް

Izaam

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ޕެން ކްލޭމްސް ނުވަތަ ފަޔަށް ގެއްލުންވެދާނެ ފަދަ ތޫނު އިތާ ވަޅުލެވިފައި ހުރިކަން ފާހަގަކުރެވިއްޖެއެވެ.

އެކަން ތަޖުރިބާ ކުރެއްވި ބޭފުޅެއް ކަމަށްވާ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ވަނީ އޭނާގެ ތަޖުރިބާ ފޭސްބުކުގައި ހިއްސާކުރައްވާފައެވެ.

މުސްތަފާ ވަނީ މޫދަށް އެރި އުޅޭއިރު ފައި ހަލާކުވުން ފަދަ ކަމެއް ދިމާވެދާނެތީ އެ ސަރަހައްދަށް މޫދަށް އެރޭ މީހުން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެތަކެތި ހުރީ ރަސްފަންނުގައި ހުންނަ ޕެވިލިއަންއާ ދިމާލުން އެއްގަމު ތޮށިގަނޑާ ހަމައަށް ކަމަށެވެ.

ޕެވިލިއަން ކައިރީ މޫދުގައި އެ އެއްޗެހި ހުރީ މޫދު އަޑިން، ކުޑަ ތަންކޮޅެއް ވެލިގަނޑު މައްޗަށް އަރާފަ އެވެ. އެހެންކަމުން އެފަދަ އެއްޗަކަށް ފައިން އެރިއްޖެ ނަމަ ފައި ހަލާކުވުން ފަދަ ކަމެއް ދިމާވެދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ތަރައްގީގެ މަސައްކަތް ކުރުމަށް ރަސްފަންނުގެ ބައެއް ބަންދުކޮށްފި

މިވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރަސްފަންނު ހުޅުވާލައިފި