ކުއްލި ޚަބަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދީފި

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖެ ތާވަލްގެ އެއްވަނައިގައި

futsal team

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން 1-6 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ތާވަލުގެ އެއްވަނަ މަގާމު ރާއްޖެއިން ކަށަވަރުކޮށްފިއެވެ. މި މޮޅާއެކު ރާއްޖެއަކީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކައި ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިމްރާން، އިޝާން އިބްރާހީމް، އަޙްމަދު ރާހިލް ރަޝީދު އަދި އަލީ ޝިޔާޙް އެވެ. ބަންގްލަދޭޝްގެ އިންތިޝާރު މުސްތަފާ ޗޯދުރީ އަތުން ބޯޅައިގައި ޖެއްސުމުން ރާއްޖެއަށް ޕެނަލްޓީއެއް ލިބުނުއިރު، އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ ޤާޒީ އިބްރާހީމް އަޙްމަދު ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފުގައި ވެސް ރާއްޖެއިން އެޓޭކިން ގޭމެއް ކުޅެ އިތުރު ދެ ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑުތައް ޖަހައިދިނީ އަޙްމަދު ރާހިލް ރަޝީދު އާއި އަބްދުﷲ ޝާފިއުއެވެ. މި މެޗު ކުޅުނު ބެންކޮކުގެ ހުއާ މާކް ސްޓޭޑިއަމަކީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ފުޓްސަލްގައި ފުރަތަމަ މޮޅު ހޯދި ތާރީޚީ ދަނޑެވެ.

މިވަގުތު ތާވަލުގެ އެއްވަނައިގައި ރާއްޖެ އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި ނޭޕާލާއި ޕާކިސްތާން ތިން ޕޮއިންޓާއެކު އޮތްއިރު، އިންޑިއާ، ސްރީލަންކާ، ބޫޓާން އަދި ބަންގްލަދޭޝްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

އަމާޒަކީ ސާފް ފުޓްސަލް ތަށި މިފަހަރު ހޯދުން: އިމްރާން

TTH_advertisement