ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގެ އަޑުއެހުން އާދީއްތަ ދުވަހު

Yamin

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް، ގިނަ ދުވަސްތަކަކަށްފަހު އާދީއްތަ ދުވަހު ބޭއްވުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ. މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވަނީ، މީގެ ކުރިން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، އާދީއްތަ ދުވަހު އޮންނަ އަޑުއެހުމުގައި ފަނޑިޔާރު ޝަހީދުގެ ބަދަލުގައި ބެންޗުގައި އިންނަވާނީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ.

ހައިކޯޓުގައި ހިނގަމުންދާ މި މައްސަލައަކީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ރައީސް ޔާމީން ސޮއިކުރެއްވި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ތެރެއިން އުފަންވެފައިވާ އިސްތިއުނާފީ މައްސަލައެކެވެ.

މި މައްސަލައިގެ ޝަރީއަތްތައް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ބާއްވާފައިވަނީ ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

Supreme Court

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

Izaam

ޝަމާޙުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ACC

އިންތިޚާބާ ދިމާކޮށް ކައުންސިލްގެ ވަސީލަތްތަކާއި މަޤާމުގެ ނުފޫޒު ބޭނުންކުރާކަން ފާހަގަކުރެވިފައިވޭ: އޭސީސީ