ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ފަޅުތެރޭގައި ކުރާ ފައިބަރު މަސައްކަތް ހުއްޓާލުމަށް އެޗްޑީސީން އަންގައިފި

hulhumale

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އޮޑިދޯނިފަހަރުގައި ކުރަމުންދާ ފައިބަރުގެ މަސައްކަތްތައް ހުއްޓާލުމަށް ހުޅުމާލެ ބަލަހައްޓާ ކުންފުނި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ. މިކަން ހާމަކޮށް އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ހުޅުމާލޭ ފަޅުތެރޭގައި އޮޑިދޯނިފަހަރު މަރާމާތުކުރުމުގެ ގޮތުން ފައިބަރު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި ފަޅުތެރޭގައި މިފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ. އަދި ހަމައެއާއެކު، އެ ސަރަހައްދުގެ ފަޅުތެރެ ބޭނުންކުރާ އެހެން ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން ހުޅުމާލޭ ފަޅުތެރޭގައި ފައިބަރު މަސައްކަތް ކުރުމަކީ މަނާކަމެއްގެ ގޮތުގައި އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ވަނީ ވަކި މުހުލަތެއްގެ ތެރޭގައި އެ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައެވެ. އެގޮތުން، މިހާރު ފަޅުތެރޭގައި ފައިބަރު މަސައްކަތް ކުރަމުންދާ ފަރާތްތަކުން، މި ހިނގާ މަހުގެ 18 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 00:00 ގެ ކުރިން އެ މަސައްކަތްތައް އެއްކޮށް ހުއްޓާލަން ޖެހޭނެއެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ދީފައިވާ ސުންގަޑި ހަމަވާއިރުވެސް މި އެންގުމާ ޚިލާފަށް މަސައްކަތް ކުރިއަށް ގެންދާނަމަ، މެރިން ޕޮލިހާއި އަދި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި