ކުއްލި ޚަބަރު

ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކުރައްވައިފި

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި

މި ރޯދަމަހު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެކަމަށް

ހުޅުމާލެ 3ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މުޅިން ނިމެނީ

ހުޅުމާލެ 3ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

މަސައްކަތުގެ ސްޕީޑަށް ބަލާއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ވިދާޅުވެއެވެ.

އެމްއޭސީއެލްއާ ހަވާލުކޮށްގެން ހުޅުމާލެ 3ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މަސައްކަތް އަވަސްކުރުމަށް އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކުރަން ފެށީ ނޮވެމަބަރުމަހުގެ 28 ވަނަ ދުވަހުއެވެ.

3 ވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކައެވެ. މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެމްއޭސީއެލްއިން ވިދާޅުވީ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 59 ހެކްޓަރު ހިއްކުމުގެ މަސައްކަތް ވަނީ މުޅިން ނިންމާފައެވެ. އެއީ މުޅި މަޝްރޫޢުގެ %94 ހެކްޓަރެވެ.

ހުޅުމާލެ ފޭސް 3އަކީ، ނިމިދިޔަ ސަރުކާރުގައި އެ ސަރަޙައްދު ނުހިއްކާ، އެ ސަރަޙައްދުން ގިނަ އަދަދެއްގެ ގޯތި މާލޭގެ ރައްޔިތުންނަށް ދޭން ކަނޑައެޅި ސަރަޙައްދެކެވެ. އެ މަސައްކަތް މަޑުޖެހިފަ އޮއްވާ އެ މަސައްކަތް މި ސަރުކާރުން ހަލުވިކަމާއެކު އަލުން ފެށީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. މަސައްކަތް ކުރިއަށް ގެންދަނީ، ބޮސްކާލިސްގެ 22,000 ސީބީއެމްގެ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގުޅިފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެއިން 1009 ހެކްޓަރު ހިއްކުމުގެ މަސައްކަތްވެސް ބާރު ސްޕޯޑްގައި ދަނީ ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިއްދޫ ބިން ހިއްކުން، މަޝްރޫޢުގެ %36.61 މަސައްކަތް ނިމިއްޖެ

ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމަށް ސޮއިކޮށްފި

ހުޅުމާލެ 3 ވަނަ ފިޔަވަހިން 64 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

ރަސްމާލެ: 71 ހެކްޓަރު ހިއްކަައި ނިމިއްޖެ

TTH_advertisement