ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ފަޅު ތެރޭ ފައިބަރު މަސައްކަތްކުރުން އާދީއްތަދުވަހުން ފެށިގެން ހުއްޓައިލަަން އަންގައިފި

ހުޅުމާލޭ ފަޅު ތެރޭގައި ފައިބަރުގެ މަސައްކަތްކުރަމުންދާ ދިއުން އަންނަަ އާދީއްތަދުވަހުން ފެށިގެން ހުއްޓައިލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.

ރޭ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފަޅުތެރޭ އަޅާފައި ހުންނަ ދޯނިފަހަރާއި އޮޑިފަހަރުގައި ބައެއް މީހުން ފައިބަރު މަސައްކަތްކުރާކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ފަޅު ތެރޭގައި ފައިބަރު މަސައްކަތްކުރުމަކީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރުމުގެ އިތުރަށް، ފަޅު ބޭނުންކުރާ މީހުންނަށްވެސް ގެއްލުންވާނެ ކަމެއް ކަމުގައި އެ ކުންފުނިން ފާހަގަކުރިއެވެ. އެއާއެކު އެ ކުންފުނިންވަނީ އެ މަސައްކަތް ހުޅުމާލޭ ފަޅު ތެރޭ ކުރިއަށްގެންދިއުން މަނާކޮށްފައެވެ.

އަދި އަންނަ އާދީއްތަދުވަހުގެ ރޭގަަނޑު 12:00 ގެ ކުރިން މަސައްކަތް ހުއްޓައިލުމަށް ނުވަތަ އެ މަސައްކަތްކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަަހައްދެއްގައި މަސައްކަތް ފެށުމަށް އެޗްޑީސީންވަނީ އަންގާފައެވެ.

އަދި އެޗްޑީސީން ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން އެންގި ގޮތަށް އަމަަލުނުކުރާ ފަރާތްތަކާމެދު މެރިން ޕޮލިސްއާ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފިޔަވަޅުއަޅައި، ހުޅުމާލޭ ފަޅު ތެރޭ ފައިބަރު މަސައްކަތްކުރުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި