ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރު ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގައި 983 މިލިއަން ޑޮލަރު

mma
TTH_Ads
STO_Ads

އަހަރު ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގައި 983 މިލިއަން ޑޮލަރު ހުރިކަން އަދި ބޭނުންކުރެވޭ ރިޒާވްގައި 244 މިލިއަން ޑޮލަރު ހުރިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން އޮކްޓޯބަރު މަހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި 2025 ވަނަަ އަހަރުގެ ނިޔަލަށް ޒިޒާވްގައި ހުންނާނެކަމަށް ލަފާކުރެވެނީ 848.6 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް އަހަރު ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގައި ފައިސާ ހުރި މިންވަރު އެއިރު އަންދާޒާކުރެވުނު މިންވަރަށްވުރެ %15.8 އިތުރުވިއެވެ.

މަހުން މަހަށް ބަލާއިރު ނޮވެންބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 886.5 މިލިއަން ޑޮލަރެވެ. އެހެންކަމުން ޑިސެންބަރު މަހުގައި ރިޒާވްއަށް 96.5 މިލިއަން ޑޮލަރުވަނީ އިތުރުވެފައެވެ. ރަސްމީ ރިޒާވްއަށް އައި ކުރިއެރުމާއެކު ބޭނުންކުރެވޭ ރިޒާވްވެސް ވަރަށް ބޮޑަށް އިތުރުވިކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Maldivian_Ads

ރަސްމީ ރިޒާވްގައި ހުރި 983 މިލިއަން ޑޮލަރުގެ އިތުރަށް ރާއްޖޭގެ ބޭންކުތަކުގައި ރައްކާކޮށްފައި ބޭނުންކުރެވޭ ގޮތަށް 115 މިލިއަން ޑޮލަރު ހުރިކަން އެމްއެމްއޭގެ ހިސާބުތަކުން އެނގެއެވެ. އެހެންކަމުން ރިޒާވް ފައިސާގެ ގޮތުގައި ބޭނުންކުރެވޭހެން އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ރައްކާކުރެވިފައި ހުއްޓެވެ.

ކުރު މުއްދަތުގައި މަރުކަޒީ ބޭންކުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ ގޮތުގައި އެމްއެމްއޭގެ ހިސާބުތަކުން ދައްކަނީ 854 މިލިއަން ޑޮލަރެވެ. އެ ފައިސާ ރިޒާވް ފައިސާގެ ގޮތުގައި ބޭނުންކުރެވޭހެން ހުރި ފައިސާއިން އުނިކުރުމުން 244 މިލިއަން ޑޮލަރު ބޭނުންކުރެވޭ ރިޒާަވް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުންނާނެއެވެ.

ނޮވެންބަރު މަހުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރީ 197.4 މިލިއަން ޑޮލަރެވެ. އެހެންކަމުން ބޭނުންކުރެވޭ ރިޒާވްއަށް ޑިސެންބަރުގައި 46.6 މިލިއަން ޑޮލަރުވަނީ އިތުރުވެފައެވެ.

ދައުލަތުގެ ރަސްމީ ރިޒާވްއަކީ ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށާއި، ރާއްޖެއަށް މުހިއްމުވާ އަސާސީ ކާބޯތަކެއްޗާއި ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ފަދަ ތަކެތި ގަތުމަށް ބޭނުންކުރަން ހުންނަ ބޭރު ފައިސާއަށްވާއިރު އަންނަ އަހަރު ދައުލަތުގެ ދަރަނީގެ ގޮތުގައި 600 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އެހެންކަމުން ރިޒާވް ތިޔާގިވެ އިތުރުވުމަކީ މި ދަރަނި އަދާކުރުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމުގެ މައްޗަށް ދަލީލުކުރާ ހެއްކެކެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original 1776763586317

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

mma

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައިފި

WhatsApp Image 2026 04 09 at 09.39.34

ފަވަރަގެ ޚިދުމަތްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން 1544 ތައާރަފްކޮށްފި

WhatsApp Image 2026 04 09 at 16.56.37

އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ 2026 ކުރިއަށް ގެންދަނީ