ކުއްލި ޚަބަރު

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާގޮތް ސައުދީ ބައްލަވާލައްވައިފި

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

990

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާ، ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ނަމަ އަންނަ ފެބްރުއަރީ މަހުގެ 23ވަނަ ދުވަހުގެރޭ 10:00ގެ ކުރިން 1414 އަށް ގުޅައި ދަފުތަރުވުމަށް އެދިފައެވެ.

އެ ކޮމިޝަނުން ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9އިން ރޭގަނޑު 10އަށް، އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3އިން ރޭގަނޑު 10 ޖަހަންދެން 1414 އަށް ގުޅުމުން، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތަށް އެދި ރަޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ފެނުމުން މަހުރޫމުވެފައިވާ ފަރާތްތައް އަމިއްލައަށް ވޯޓު ކަރުދާހުގައި ޓެމްޕްލޭޓު ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުސަތުދިނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓު މެދުވެރިކޮށް 45 މީހަކު ވޯޓުލިއެވެ.

ލޯފަން މީހުން އަމިއްލައަށް ވޯޓު ލުމަށް ބޭނުން ކުރި ޕްލާސްޓިކު ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ހާޑް މެޓީރިއަލްއަކުން އެތެރެ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ. މި ޓެމްޕްލޭޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ކަނޑާފައި ހުންނަ އިރު، އަތްލުމުން އިހުސާސްވާނެ ފަދައިން ކެންޑިޑޭޓު ނަންބަރު ވެސް ހިމަނާފައިވެއެވެ.

އެއީ، އޭގެ ތެރެއަށް ވޯޓު ކަރުދާސް ލައްވާ ލެވޭ، ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ބާއްވާ ލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަތޮޅު ތެރޭގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި

election list

ވޯޓާސް ލިސްޓަށް 128 ޝަކުވާ

Election commission

ބޭރުގައި ވޯޓުފޮށި ބަހައްޓަނީ ލަންކާ އާއި މެލޭޝިއާގައި އެކަނި: އީސީ

Election

އިތުރު ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަނީ ކަނޑައެޅި އަދަދަށް މީހުން ނެތުމުން: އީސީ

TTH_advertisement