އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، 40 މީޑިއާއަކަށް ދައުލަތުން ފައިސާ ދޫކޮށްފިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިން ފުރަތަމަ ފަހަރެވެ.
އިންފޮމޭޝަން މިނިސްޓްރީން ބުނީ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވި 40 މީޑިއާއަކަށް ޖުމްލަ 27,295,532.69 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މިފަދަ އެހީއެއް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ މީޑިއާތައް ބާރުވެރި ކުރުވައި، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މީޑިއާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެމްއެމްބީސީން ބުނިގޮތުގައި، 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވަނީ މުހިންމު ބައެއް ކަންކަމަށެވެ.އޭގެ ތެރޭގައި މީޑިއާ ހިންގަމުން އަންނަ މުއްދަތާއި މުވައްޒަފުންގެ އަދަދާއި އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި މީޑިއާ ހައުސް ކުރިއެރުވުމަށް ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނާއި އުފައްދާ ކޮންޓެންޓުގެ ބާވަތާއ އިދާރީ ގޮތުން ހަމަޖައްސާފައިވާ އިންތިޒާމުތައް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު