ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ރަސްމާލެ: 71 ހެކްޓަރު ހިއްކަައި ނިމިއްޖެ

ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 71 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ނިންމާފައިވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ވަނީ އެ މަސައްކަތްގެ އަދާހަމަ އާންމުކޮށްފަ އެވެ. ހިއްކުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއެކު އެ ކުންފުނިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި މަސައްކަތުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 71 ހެކްޓަރު މިހާތަނަށް ހިއްކައި ނިމިފައިވާ ކަމަށެވެ. މިއާއެކު މި ޕްރޮޖެކްޓުގެ 51.64 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދާއިރު، ވީހާވެސް އަވަހަށް މި މަސައްކަތް ނިންމުމަށް އެމްއޭސީއެލްއިން ދަނީ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކުރަމުންނެވެ. މިގޮތުން އެމްއޭސީއެލްއިން ވަނީ މި މަސައްކަތަށް ‘ކްރިސްޓަބެލް ކޮލޯން”ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މިއީ 46،000 ކިއުބިކް މީޓަރު ހިއްކުމުގެ ކެޕޭސިޓީ ހުންނަ ޑްރެޖަރެކެވެ.

މާލެ އަތޮޅު ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ރަސްމާލެ ތަރައްގީކުރަނީ ތިމާވެއްޓާ ރައްޓެހި “އިކޯ ސިޓީ” އެއްގެ ގޮތުގައެވެ.

ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ އެންމެ ބޮޑު ކެކުޅުން ކަމުގައިވާ، ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ހައްލުކުރާނެ މަޝްރޫޢަށް ވެގެންދާނެކަމަށް ރައީސް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ ނަޢީމް އަވަހާރަވެއްޖެ

ދިއްދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިމުގެ 21 ހެކްޓަރު ހިއްކައިފި

ވައި ނުސާފުުމުގެ ސަބަބުން ފްލައިޓް ދުއްވުމުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އަޅަން ފަށައިފި

Whatsapp image 2026 01 09 at 19.42.43 (1)

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

TTH_advertisement