ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ކިޔެވުން ފެށުމުގެ ކުރީން ސުކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ

school

ފަސްދޮޅަށް އިންސައްތަ ރަށްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވާ ނިމިފައިވާ ކަމަށާ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރީން ހުރިހާ ސުކޫލުތަކަށް ފޮތްތައް ފޮނުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް ކުރިއަށް ގެންދެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފޮތްތައް ތަރުތީބުކޮށް ރަށްރަށަށް ކަނޑައެޅޭ އަދަދަށް ފޮތްތައް ބަންދުކުރުމުގައި ޖާގައިގެ ދަތިކަން ކުރިމަތިވި ކަމަށެވެ. އަދި ބޯޓްތަކަށް ފޮތްތައް ފޯރުކޮށް ދިނުމުގައި ވެސް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެކަން އެހެން އޮތްނަމަވެސް މިހާރުވެސް މާލޭގެ ސުކޫލުތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް އޮތީ ނިމުމާއި ގާތުގަ އެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށަށް މިހާރު ފޮތްތައް ފޮނުވާ ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޔަޤީންކަން ދެއްވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރީން ހުރިހާ ސުކޫލުތަކަށްވެސް ފޮތްތައް ފޮނުވޭނެ ކަމެވެ.

ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަންނަަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުރިހާ ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހަމަކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަލަށް ސްކޫލަށް ވަންނަން ބޭނުންވާ ކުދިންގެ އިދާރީ މަސައްކަތްތަކުގެ އިތުރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން ބޭނުންވާ ކުދިންގެ އިދާރީ ކަންކަން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުންވެސް މަރާމާތު ކުރަންޖެހިފައިވާ ސްކޫލްތަކުގެ މަސައްކަތްތަކުގެ އިތުރުން އަލަށް ހުޅުވުމަށް ތައްޔާރުވާ ސްކޫލްތަކުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.

މީގެ ތެރެއިން ހުޅުމާލެ 2 ގައި ތަރައްޤީކޮށްފައިވާ ޝަހީދު އަލީ ސްކޫލަކީ އަންނަ ދިރާސީ އަހަރު ހުޅުވުމަށް ތައްޔާރުވެފައިވާ ސްކޫލްއެކެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށުނީ މިދިޔަ މަހު 25 ގަ އެވެ. އަދި އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތަޢުލީމީ ދާއިރާއިން 31 މަޝްރޫޢުއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި

ކުރެންދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުވައިފި

school

ހާއްސަ ހާލަތެއް ނެތި ދިރާސީ އަހަރެއްގައި ސްކޫލު ބަދަލުކުރެވޭނީ ދެ ފަހަރު: މިނިސްޓްރީ

ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް: ރައީސް

TTH_advertisement