ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިޝްވަތު ހުށަހަޅައިފިނަމަ، ފައިސާ ނުނަގައި އަވަހަށް ރުޕޯޓްކުރަން އޭސީސީން އެދިއްޖެ

Image 20

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ ގުޅިގެން ކެމްޕޭނު ތެރޭގައި އެއްވެސް ރިޝަވަތުގެ އަމަލެއް ހިންގައިފިނަމަ އެ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އިންތިހާބުތަކުގެ ދުވަސްކޮޅު ރާއްޖޭގައި ރިޝްވަތުގެ އަމަލުތައް ހިނގާކަމަށް ފާހަގަކުރެވޭ ކަމަށް ބުނެ އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެދަފަ އަމަލުތަކުން ދުރުވުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ އެފަދަ އަމަލުތަކުގެ ސަބަބުން މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލޭތީކަމަށް ވެސް އޭސީސީން ބުންޏެވެ.

“އެހެންކަމުން އިންތިޚާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމުލަ ގޮތެއްގައި މުޅި މުޖުތަމަޢަށް ނުހަނު ގެއްލުން ބޮޑު ކަމެކެވެ،” އެ ކޮމިޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން އިންތިހާބާ ގުޅޭ ކަންކަމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަށް އެސީސީން ވަނީ ގޮވާލާފައެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން މުޅި މުދުތަމައަށާއި ޒުވާން ޖީލަށް އެތައް ގެއްލުން ތަކެއް ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމަހެންމެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެމްޕޭނުކުރަމުންދާ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަނުގެ އަމަލެއް ހިންގާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް އެކަންކަން އެސީސީއަށް ރިޕޯޓުކުރަމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭސީސީއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް

Mal

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އޭސީސީއަށް ހާޒިރުކޮށްފި

Ameeeee

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

ކޮރަޕްޝަނާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ފަންނީ އޮނިގަނޑެއް އެކުލަވާލާ ޢަމަލުކުރަން ފަށައިފި