ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނެއްގެ ލޮލުގެ ފެނުން ގެއްލިއްޖެ، އާއިލާއިން އެދެނީ ދީލަތި އެހީއަށް!

Izaam

މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެއްޓެއްގައި އަނިޔާވި ޒުވާނެއްގެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ.

މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެ އެކްސިޑެންޓްގައި 19 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.

އެކްސިޑެންޓުގައި އަނިޔާވެގެން މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުންދާ މޫސާ މުޒްދާން ޝަރީފްގެ އާއިލާއިން ބުނީ އޭނާގެ ލޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވައަތު ލޮލުގެ ފެނުން ގެއްލިފައިވާ ކަމަށެވެ.

ޑޮކްޓަރާ ހަވާލާދީ އާއިލާ އިން ބުނީ އޭނާގެ ލޮލުގެ ފެނުން އިޔާދަވުމުގެ އުންމީދު ވަރަށް ކުޑަ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުންނާއި އައިކެއާއިން، ލޮލުގެ ދެ އޮޕަރޭޝަން މުޒްދާން ވަނީ ކޮށްފައެވެ. ދެން ކުރާ އޮޕަރޭޝަނަކުން ފެނުން އިއާދަވާނެ ކަމަށް ކުޑަކުޑަ އުއްމީދެއް އެބައޮތް ކަމަށް ޑޮކްޓަރުން ބުނާ ކަމަށް އާއިލާ އިން ބުންޏެވެ.

އެ އޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނެއް ނޫނެވެ. އެ އޮޕަރޭޝަން ކުރަން ދާންޖެހެނީ އިންޑިއާއަށެވެ.

މުޅި އޮޕަރޭޝަނާއި ހުރުން ފަދަ ކަންކަމަށް 6،000 ޑޮލަރު ހޭދަވާނެ ކަމަށް އާއިލާ އިން ލަފާކުރެއެވެ.

ޑޮކްޓަރުގެ ލިޔުން ހުށަހެޅުމުގެ އޮންނަ އުސޫލުގެ ތެރެއިން އާސަންދައިން ލިބޭބައި ހަމަޖެހޭނެ ކަމަށް އެންސްޕާ އިން ވަނީ ބުނެފައެވެ. ނަމަވެސް ހުރުމާއި ކެއުން ފަދަ ކަންކަމަށް ބޮޑު ޚަރަދެއް ހިނގާނެތީ އެފަދަ ތަނަވަސްކަމެއް އާއިލާގެ ނެތެވެ.

މުޒްދާންގެ ބައްޕަ އަހްމަދު ޝަރީފް ދިވެހި ރައްޔިތުންގެ ކިބައިން އެދެނީ އޭނާގެ ދަރިފުޅުގެ ލޮލުގެ އޮޕަރޭޝަން ކުރުމަށް ދީލަތި އެހީތެރިކަމަކަށެވެ.

އޮޕަރޭޝަން ލަސްވެއްޖެނަމަ އިތުރަށް ހާލަތު ގޯސްވާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މުޒްދާނަށް އެހީތެރިވުމަށް:

ބީއެމްއެލް އެކައުންޓު ރުފިޔާ: 7710129161101

ބީއެމްއެލް އެކައުންޓު ޑޮލަރު: 7730000617020

އެކައުންޓް ނަން: އަހުމަދު ޝަރީފް

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ބްރިޖްގައި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވީ މިނިސްޓަރު އިހްސާން

Ii

ހައިޥޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް ފަރުވާދެނީ

Ii

ނުރައްކާތެރިކޮށް ދުއްވާނަމަ ޖަލަށްލެވޭގޮތް ހަދަނީ

Whatsapp image 2025 11 11 at 00.01.49

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

TTH_advertisement