ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ރައީސް ނަޝީދަށް ވަރުދަގަ ރައްދެއް ދީފި

405164 75faa42d 0

އިރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް ތާއިދުކުރައްވައި، އިރާން ސަރުކާރު ދިފާއުކުރުން ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލެއްވުމުން، ލަންކާގައި ހުންނަ އިރާންގެ އެމްބަސީން އެ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އިރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ތިބީ އެމީހުންގެ ކަރާމާތާއި، އިންތިހާއަށް އުފުލިފައިވާ ދިރިއުޅުމުގެ ހަރަދުތަކުން ސަލާމަތްވުމަށާއި، އެތައް އަހަރެއްގެ އަނިޔާވެރިކަމުން މިންޖުވުމަށް އެދި ކަމަށެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދުދީ ލަންކާގައި ހުންނަ އިރާން އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުން ބުނީ، 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި ހަނގުރާމައިގައި އިރާނުގެ ރައްޔިތުންނަށް ޒަޔަނިސްޓުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކުގައި ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާކަން އެމްބަސީން ފާހަގަކުރިއެވެ.

އިރާނުން ބުނީ އެގައުމުގެ މަގުތަކުގައި ހަމަނުޖެހުން ހިންގުމަށް އެމެރިކާގެ އެހީތެރިކަމާއެކު މަސައްކަތް ކުރަމުންދަނީ އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށެވެ. އަދި އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑާ ގުޅުން ހުރި ފަރާތްތަކުން މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތަކާއި އާންމު ތަންތަނަށް ގެއްލުން ދެމުންދާ ކަމަށްވެސް އެމްބަސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ނ ނަން ޖިހާދު
Anga gadhakuranyaa thihenvaanee Raakanimas kevifa on aanee
އ އާމިނާ
ތިމާ ވަރެއް ނެތިގެން ހުރިހާ ތަނަކަށް އަނގަ ބާނަންޏާ ތިކަހަލަ ކިތަންމެ އެއްޗެއްވެސް ބުނާނެ.

ގުޅުންހުރި

އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ އަލް-ޚާމަނާޢީ ޢައްޔަންކޮށްފި

އިންޑިއާ ކަނޑުގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރީ މަނަވަރަކަށް ހަމަލާތަކެއް ދީފި

193de7b6 f745 4600 941c e72b41bddf35

ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޚާމަނާއީ އަނބިކަނބަލުން އަވަހާރަވެއްޖެ

ހަމަލާތައް ކުށްވެރިކުރުމަށްފަހު، ރާއްޖެއިން ގޮވާލީ އަލުން ސުލްހަ ގާއިމްކުރަން