މި އަހަރު ބާއްވާ ޔުނިޓީ ފުޓްސަލް ޗެލެންޖް ގެ 2 ވަނަ އެޑިޝަންގެ ޓައިލްޓްލް ސްޕޮންސަރަކަށް ރާއްޖޭގެ މާޝްހޫރު ވިޔަފާރި ކުންފުނި، ޝީޝާ ހަމަޖައްސައިފިއެވެ.
މިދިޔަ އަހަރުގެ ވެސް ޓައިޓްލް ސްޕޮންސަރުކަންވެސް ނެގި ޝީޝާ ޕްރައިވެޓް ލިމިޓެޑް އިން މި އަހަރުގެ މުބާރާތުގެ ޓައިޓްލް ނެގުމުގެ އެއްބަސްވުމުގައި ސޮއިކުރީ އާދީއްތަ ދުވަހު ޝީޝާ ގެ މައި އޮފީހުގައި ބޭއްވުނު ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.
“މިފަދަ ޕްރޮގްރާމްތަކަކީ މުޖްތަޢުގެ ގުޅުމާއި ލާބައަށް މުޙިއްމު ޕްރޮގްރާމްތައް. މިކަމުގައި ޝީޝާއިން މި ބައިވަރިވަނީ އުފަލުން، އަޅުގަނޑުމެން ވަރަށް ހިތް ހަމަޖެހޭ ނިމިދިޔަ މުބާރާތާއި މެދު ވެސް. ޔުނިޓީ ފައުންޑޭޝަންގެ އިންތިޒާމުތައް ވަރަށް ފުރިހަމަ. މި ފަހަރުގެ މުބާރާތް ވެސް ކުރިއަށްވުރެވެސް ކުލަގަދަވެ ފޯރިގަދަވާނެކަމަށް އުއްމީދުކުރަނީ” ސީއީއޯ އިބްރާހީމް ހުޝާމް
މި އެއްބަސްވުމުގައި ޝީޝާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީމް ހުޝާމް އެވެ. ޔުނިޓީ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗެއަރޕާސަން ޑރ. އަޙްމަދު ޢަދީލް އެވެ. މި ރަސްމިއްޔާތުގައި ޝީޝާ އާއި ޔުނިޓީފައުންޑޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
މި މުބާރާތް އޮންނާނީ މާޗު މަހު އައްޑޫ ސިޓީގައެވެ.
ޝީޝާ އަކީ ޖަޕާނުގެ މަޝްހޫރު ހޮންޑާ ބްރޭންޑްގެ ސައިކަލާއި އެ ބްރޭންޑްގެ އެހެނިހެން ސާމާނު ދިވެހިންނާއި ގާތަށް ގެނެސްދޭ، އެ ބްރޭންޑްގެ ދިވެހިރާއްޖޭގެ އޮތޮރޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އަދި ހަމައެހެންމެ އެމެރިކާގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ ކެމިކަލް ގައިސްގެ ދިވެހިރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ވެސްމެއެވެ. 1987 އިން ފެށިގެން ޝީޝާއަކީ ދެގޮތެއްނުވެ ދިވެހިންގެ ޚިދްމަތުގައި އޮތް ދިވެހިންގެ އިތުބާރު ހޯދާފައިވާ ފަޚުރުވެރި ދިވެހިންގެ ބައިވެރިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޓީމުތަކަށް ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ޗެމްޕިއަންޓީމަށް -/50000ރ އާއި ރަނަރަޕް ޓީމަށް -/20000ރ ރުފިޔާގެ އިނާމް ހުށަހެޅިފައިވާ މި މުބާރުގެ އެންމެހާ މައުލޫމާތުތައް footballmaldives.com އިން ފެނިވަޑައިގަންނަވާނެކަމަށްވެސް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލު