ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ދިއްދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިމުގެ 21 ހެކްޓަރު ހިއްކައިފި

ހއ. ދިއްދޫގައި އެއާޕޯޓު އެޅުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެ ރަށުގެ ބިމުން ހިއްކުމަށް ހަމަޖެހިފައިވާ 115 ހެކްޓަރުގެ ތެރޭން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލް އިން ބުނީ، ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ބޭނުންކޮށްގެން ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރަމުންދާ އިރު މިހާތަނަށް ވަނީ މުޅި މަޝްރޫއުގެ 18.75 އިންސައްތަ ބިން ހިއްކާފައި ކަމަށެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް ބޭނުން ކުރަމުން އަންނަނީ “ލީވް އެރިކްސަން” ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރުކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ދިއްދޫގައި ބިންހިއްކައި އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

ދިއްދޫގައި ހިއްކާ ބިމަކީ އެއާޕޯޓާއި ބޯހިޔާވަހިކަމާއި އަދި އެހެނިހެން ޚިދުމަތްތަކަށް ބޭނުން ކުރުމަށް ހިއްކުމަށް ހަމަޖެހިފައިވާ ބިމެކެވެ.

ދިއްދޫގައި ތަރައްޤީކުރެވޭ އެއާޕޯޓަކީ، ދިއްދޫގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެންނާނެ ބިޔަ މަޝްރޫއެއް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. އަދި ހަމަމިއާއެކު ފަތުރުވެރިކަން ތަރައްގީކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ. ދިއްދޫގައި ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އާ ވިޔަފާރިތައް ގާއިމުކުރެވިގެންދާއިރު، ދިއްދޫ ރައްޔިތުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ މަހެއްހާ ދުވަހު ތެރޭ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫޢު ނިމޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރު އިތުރުވާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒަށް ވުރެ ބޮޑު ސަރަހައްދެކެވެ.

އެމްއޭސީއެލް އިން ދިއްދޫ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ ޖެނުއަރީ 5، 2026ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަސްމާލެ: 71 ހެކްޓަރު ހިއްކަައި ނިމިއްޖެ

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ ނަޢީމް އަވަހާރަވެއްޖެ

ވައި ނުސާފުުމުގެ ސަބަބުން ފްލައިޓް ދުއްވުމުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އަޅަން ފަށައިފި

Whatsapp image 2026 01 09 at 19.42.43 (1)

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

TTH_advertisement