ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޒާހަރާތަކުގައި އީރާނުގެ ސަލާމަތީ ބާރުތަކުގެ 109 މީހުން މަރު، އާންމުންގެ 51 މީހުން މަރު

STO_Ads
TTH_Ads
Advertisement

އީރާނު ސަރުކާރާ ދެކޮޅަށް އާންމުން ކުރަމުންދާ މުޒާހަރާތަކުގައި، މުޒަހަރާގެ ތެރެއިން ހަމަލާދީ ސަލާމަތީ ބާރުތަކުގެ 109 މީހުން މިހާތަނަށް މަރާލާފައިވާ ކަމަށް، އީރާނު ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފިއެވެ.

ތަސްނިމް ނޫސް އޭޖެންސީން ބުނެފައިވަނީ، އެންމެފަހުން ހިނގި ކުރިމަތިލުންތަކުގައި އިސްފަހާން ޕްރޮވިންސުން އެކަނިވެސް ފުލުހުންނާއި، ސިފައިންގެ 30 މީހުން މަރާލާފައިވާ ކަމަށާއި، ކަރްމަންޝާހުން 6 މީހުން މަރާލާފައިވާ ކަމަށެވެ.

ސަލާމަތީ  ބާރުތަކަށް ހަތިޔާރުން ހަމަލާ ދިނުމުގެ އިތުރުން، ތަންތަނުގައި ހުޅުޖެހުމާއި، މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައްވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ގެންދަނީ ހިންގަމުންނެވެ.

HajjCop_ads
MMA_Ads
Advertisement

އެންމެ އަނިޔާވެރިކަން ބޮޑުވެގެން ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އީރާނު ސަރުކާރުން ތުހުމަތު ކުރާގޮތުގައި، މުޒާހަރާތަކުގެ ތެރެއިން ބަޔަކުވަނީ އާންމުން މަރައި އަދި މީހުންގެ ގައިގައި ހުޅުވެސް ޖަހާފައެވެ.

ސަލާމަތީ ބާރުތަކުން މަރުވި މީހުންގެ އަދަދުތައް އީރާނު ސަރުކާރުގެ މީޑިއާއިން މި ހާމަކުރީ، މުޒާހަރާތައް ހުއްޓުވަން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައި ވަނިކޮށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަނީ، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން މިހާތަނަށް 51 މީހުން މަރުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 9  ކުޑަކުދިންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އެކަމަކު، އީރާނުގެ އިދިކޮޅު އެކްޓިވިސްޓުން ބުނަނީ މަރުވި މީހުންގެ އަދަދު އެތައް ގުނަ އިތުރު ކަމަށެވެ.

އީރާނު ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނީ، މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދުތައް މަދުވާން ފަށާފައިވާ ކަމަށާއި، ސަބަބަކީ، އަނިޔާވެރި އަމަލުތައް ހިންގުމުގައި ބައިވެރިވާން ގިނަ މީހުން ބޭނުން ނުވުން ކަމަށެވެ.

އީރާނުގެ މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އީރާނުގެ އިގްތިސާދީ ހާލަތާމެދު ގިނަ ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށާއި، ހަމަ އެގޮތަށް ހަމަނުޖެހުން ހިންގަންވެސް ގިނަމީހުން ދެކޮޅު ކަމަށެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޝްކިއާން ވިދާޅުވީ، އީރާނުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގަނީ އެމެރިކާއާއި އިސްރާއީލުން އަމުރުކޮށްގެން ކަމަށެވެ. އަދި އެމެރިކާއާއި އިސްރާއީލުގެ އަމުރަށް ހަމަނުޖެހުން ހިންގާ މީހުންނާ ދުރުހެލިވުމަށް އާންމުންގެ ކިބައިން ރައީސް ވަނީ އެދިވަޑައި ގެންފައެވެ.

އީރާނުގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކާ ދެކޮޅު ހަދައި އަދި ސަރުކާރަށް ތާއީދުކޮށް އީރާނުގެ ރަށްތަކުގެ މަގުތަކަށް އެތައްހާސް އާންމުން ނުކުމެ އަޑުއުފުލަމުންވެސް އެބަ ގެންދެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

އެމެރިކާއާއި އިސްރާއީލުން ކުޑަކުދިން މަރަނީ އެކުދިންގެ ކޮން ކުށެއް އޮވެގެންތޯ؟ – އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު