ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ އދ. އާއި ބައިނަލްއަގްވާމީ ގިނަ ޖަމިއްޔާތަކުން ވަކިވަނީ

trump
TTH_Ads
STO_Ads
Advertisement

އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އދ. ގެ މުހިންމު އިދާރާތަކާއި ބައިނަލްއަގްވާމީ އެހެނިހެން ޖަމިއްޔާތަކުން އެމެރިކާ ވަކިވުމަށް ނިންމަވައިފިއެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކާ ގުޅޭ މުއާހަދާތަކާއި، ޖެންޑާ އިކުއަލިޓީ އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އދ. ގެ މުހިންމު ގުނަވަންތައް ހިމެނެއެވެ.

ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް ފޮނުއްވި މެމޯއެއްގައިވާ ގޮތުން، އެމެރިކާއިން ވަކިވާން ކަނޑައަޅާފައިވާ ލިސްޓުގައި އދ. ގެ 31 އިދާރާއަކާއި، އެ ނޫންވެސް ބައިނަލްއަގްވާމީ 35 ޖަމިއްޔާއެއް ހިމެނެއެވެ. މި ނިންމުމަކީ އެމެރިކާގެ ގައުމީ މަސްލަހަތާ ޚިލާފަށް އެތަންތަން ހިންގަމުންދާތީ ނިންމި ނިންމުމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މި ފިޔަވަޅާއެކު އެ ތަންތަނަށް އެމެރިކާއިން ދެމުން އައި މާލީ އެހީތެރިކަމާއި، އެ އިދާރާތަކުގެ ހިންގުމުގައި އެމެރިކާގެ ބައިވެރިވުން ގާނޫނީ ގޮތުން ހުއްދަކުރާ އެންމެ ބޮޑު މިނަވަރަކަށް ހުއްޓާލެވިގެންދާނެ ކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ އޮނިގަނޑު ނުވަތަ ޔޫއެންއެފްސީސީސީން ވަކިވާ ފުރަތަމަ ގައުމަކަށް އެމެރިކާ ވެގެންދާނެކަން، ނެޗުރަލް ރިސޯސަސް ޑިފެންސް ކައުންސިލްގެ ވެރިޔާ މަނީޝް ބަޕްނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ އދ. ގެ ކްލައިމެޓް ސަމިޓުގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ.

MMA_Ads
HajjCop_ads
Advertisement

މީގެއިތުރުން، ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުގައި އަންހެނުން ބާރުވެރިކުރުވުމަށް ހަރަކާތްތެރިވާ އދ. ގެ އިދާރާ (ޔޫއެންއެފްޕީއޭ) އަށް ދެމުން އައި ފައިސާގެ އެހީތައްވެސް މިދިޔަ އަހަރު އެމެރިކާއިން ވަނީ ކަނޑާލާފައެވެ. ޓްރަމްޕް ގެންދަވަނީ މީގެ ކުރިންވެސް އދ. ގެ އެކި ގުނަވަންތަކަށް އެމެރިކާއިން ހިލޭ ސާބަހަށް ދެމުން އައި އެހީތައް ވަރަށް ބޮޑަށް މަދުކުރައްވަމުންނެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުން އެޅި މި ހަރުކަށި ފިޔަވަޅާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނާއެކު މާދަމާ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: އެމެރިކާގެ ރައީސް ޓްރަމްޕް

އެއްބަސްވުމެއް އަދި ނުހެދޭ، ފަތުރަމުންގެންދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް: އީރާނުގެ ޚާރިޖީ ވަޒީރު

އެމެރިކާގެ ހަމަލާގައި ގެއްލުނު އިންޑިއާ 3 މީހުންގެ ހަށިގަނޑު ފެނިއްޖެ، އިންޑިއާގެ އުޅަނދަކަށް މިއަދުވެސް ހަމަލާދީފި

އީރާނުގެ އެކި ރަށްތަކަށް އެމެރިކާއިން ރޭގައި ބޮންއެޅުމުން އީރާނުން ވަރުގަދައަށް ބަދަލުހިފައިފި