ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ވެނެޒުއެލާގެ ތެލުގެ ސިނާއަތް މުއްދަތެއް ނެތްގޮތަށް ކޮންޓްރޯލް ކުރާނީ އެމެރިކާއިން: އެމެރިކާ ސަރުކާރު

ވެނެޒުއެލާގެ ތެޔޮ މުއްދަތެއް ނެތް ގޮތަށް ކޮންޓްރޯލް ކުރާނީ އެމެރިކާއިން ކަމަށް، އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ.

އެމެރިކާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެނަރޖީން މިއަދު ބުނެފައިވަނީ، ވެނެޒުއެލާގެ ތެޔޮ ދުނިޔޭގެ ބާޒާރުގައި މާކެޓް ކުރުމުގެ މަސައްކަތް އެމެރިކާއިން މިހާރު ފަށާފައިވާ ކަމަށެވެ.

ހަމަ އެއާއެކު، ތެޔޮ ވިއްކައިގެން ލިބޭ ފައިސާއަށް ހަދާނެގޮތް ކަނޑައަޅާނީވެސް އެމެރިކާއިން ކަމަށް ބުނެފައި ވެއެވެ.

ޑިޕާޓްމަންޓް އޮފް އެނަރޖީން ބުނެފައިވަނީ، ވެނެޒުއެލާގެ ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ ދުނިޔެ ގަބޫލުކުރާ ބޭންކްތަކުގައި އެމެރިކާއިން ކޮންޓްރޯލް ކުރާ އެކައުންޓްތަކަށް ކަމަށެވެ.

ހަމަ އެއާއެކު، ވެނެޒުއެލާގެ ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރެވޭނީ އެމެރިކާ ސަރުކާރުގެ އިރުޝާދުގެ ދަށުން، އެމެރިކާގެ ރައްޔިތުންނާއި، ވެނެޒުއެލާގެ ރައްޔިތުންގެ މަންފާއަށް ކަމަށްވެސް ޑިޕާޓްމަންޓް އޮފް އެނަރޖީން ބުނެފައި ވެއެވެ.

އެމެރިކާއިން އިއްޔެވަނީ، ވެނެޒުއެލާއިން އެމެރިކާއަށް ދުވާލެއްގެ މައްޗަށް 30-50 މިލިއަން ފީފާގެ ތެޔޮ ދިނުމަށް އަންގައި އަމުރު ކޮށްފައެވެ.

އެމެރިކާގެ މި އެންގުމަށް ވެނެޒުއެލާއިން އަމަލުކުރާނެ ކަމެއް އަދި ސާފެއް ނުވެއެވެ.

އެމެރިކާ ސިފައިން މިދިޔަ ހޮނިހިރު ދުވަހު ވެނެޒުއެލާއަށް އަސްކަރީ ހަމަލާ ދިނުމަށްފަހު އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕްކޮށްގެން ވަނީ އެމެރިކާއަށް ގެންގޮސްފައެވެ.

އެމެރިކާއިން މަދޫރޯ ހައްޔަރުކުރީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކޮށެވެ.

ނަމަވެސް،މަދޫރޯ ހައްޔަރުކޮށްގެން ގެންދިއުމަށްފަހު އެމެރިކާއިން ދަނީ ވެނެޒުއެލާގެ ތެލުގެ މައްޗަށް އަތްގަދަކުރަން މަސައްކަތް ކުރަމުންނެވެ.

އަދި ވެނެޒުއެލާގެ ވެރިކަންވެސް އޮންނަންވާނީ އެމެރިކާ ބޭނުންވާ ގޮތަށް ކަމަށް ގެންދަނީ ބުނަމުންނެވެ.

ވެނެޒުއެލާއަކީ ދުނިޔޭގައި ތެލުގެ ރިޒާވް އެންމެބޮޑު ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement