ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖީދިއްޔާއަށް 99 އަހަރު ފުރުން ފާހަގަކުރަން ބޮޑު މާހެފުމެއް ބާއްވަނީ

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު ކަމަށްވާ މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ހާއްސަ މާހެފުމުގައި ބައިވެރިވުމުގެ ފުރުސަތު އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ހުޅުވާލައިފިއެވެ. “މަޖީދިއްޔާ99″ ގެ ނަމުގައި ބާއްވާ މި މާހެފުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ޖަމިއްޔާގެ ވެބްސައިޓު މެދުވެރިކޮށް 99 ރުފިޔާއަށް ޓިކެޓު ގަނެވޭނެއެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަޖީދިއްޔާގެ ކުރީގެ ދަރިވަރުން އެކަކު އަނެކަކާ ބައްދަލުވެ، އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. މީގެ އިތުރުން، މިއީ އެ ސްކޫލުގެ 100 ވަނަ އަހަރާ ދިމާކޮށް، އެކި ޖީލުތަކުގެ ދަރިވަރުންނާއި ޓީޗަރުން ހޯދާފައިވާ ތާރީހީ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

1927 ވަނަ އަހަރު ހުޅުވި މަޖީދިއްޔާ ސްކޫލަށް ކުރިއަށް އޮތް އޭޕްރީލް މަހު 99 އަހަރު ފުރޭނެއެވެ. ރާއްޖޭގެ ރަސްމީ ތައުލީމަށް ގަރުނެއް ފުރުން ފާހަގަކުރުމަށްޓަކައި ސަރުކާރުން ވަނީ ވަރަށް ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

i

މަޖީދިއްޔާ ސްކޫލަކީ އެންމެ ޝަރަފްވެރި ޢިލްމީ ބަގީޗާ: ރައީސް

Mujj

މާޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށް މުޖާހިދު