ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ފްލެޓްތަކުގެ 1،000 އަށްވުރެ ގިނަ ތަޅުދަނޑި ހަވާލުކޮށްފިން: އެފްޑީސީ

fdc

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ މަޝްރޫއުގެ ދަށުން، މިހާތަނަށް 1،055 އެޕާޓްމަންޓުގެ ތަޅުދަނޑި ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ. އެ ކޯޕަރޭޝަނުން މިހާރު އަމާޒު ހިފާފައިވަނީ މަސައްކަތް ހަލުވިކޮށް، ދުވާލަކު 600 ފަރާތަކަށް ތަޅުދަނޑި ހަވާލުކުރުމަށެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، އެއްބަސްވުމުގައި ސޮއިކޮށް ޑިޕޮޒިޓް ދައްކާފައިވާ ފަރާތްތަކަށް ތަޅުދަނޑި ލިބޭނެ ތާރީޚުތައް “ފަހި ޕޯޓަލް” މެދުވެރިކޮށް މިހާރު ބަލާލެވޭނެއެވެ. މީގެ އިތުރުން، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށްވުމުން، ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ތާރީޚު ބަދަލުކުރުމާއި ބަދަލުގައި އެހެން މީހަކު ފޮނުވުމުގެ ލުއިގޮތްތައް ވަނީ ހަމަޖައްސައިދީފައެވެ. މިހާރުވެސް އިތުރު 2،349 އެޕާޓްމަންޓެއްގެ ތަޅުދަނޑި ހަވާލުކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

“އަމާން ދޯދި” އަދި “އަމާން އުދަރެސް” ގެ ނަމުން ނަންދީފައިވާ މި ފްލެޓްތަކުގެ އަގުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުއްޔަކީ 10،000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުއްޔަކީ 7،000 ރުފިޔާ ކަމުގައި ވަނީ ހަމަޖައްސަވާފައެވެ. ތަޅުދަނޑި ހަވާލުކުރާ ދުވަހުން ފެށިގެން 3 މަސް ވަންދެން ކުލި ދައްކަން ނުޖެހޭއިރު، ކުރިން ބޮޑު އަގުގައި ޑައުންޕޭމަންޓް ދެއްކި ފަރާތްތަކަށް އިތުރުވާ ފައިސާ، މަހު ކުލިން އުނިކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ފްލެޓްތަކުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، އެފްޑީސީން ލަފާކުރާ ގޮތުގައި މި މަހުގެ ފުރަތަމަ ދެ ހަފުތާ ނިމޭއިރު، ޑިޕޮޒިޓް ދައްކާފައިވާ ހުރިހާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށް ނިންމާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ޖެނުއަރީގެ ނިޔަލަށް 4000 ހައުސިން ޔުނިޓުގެ ތަޅުދަނޑި ހަވާލުކޮށް ނިންމަނީ

ޑައުންޕޭމަންޓް ބޮޑުކޮށް ދައްކާފައިވާ މީހުންނަށް ކުލީން ކަނޑައިދެނީ

TTH_advertisement