ސިވިލް ސާވިސް މުވައްޒަފުން ހާއްސަ ސިއްހީ ބޭނުންތަކަށް ޗުއްޓީ ނެގުމުގައި މިހާރު އޮތް އުސޫލު އިސްލާހުކޮށް، އެކަން އަވަސްކޮށް ފަސޭހަކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.
މިހާރު އޮންނަ ގޮތުން ޗުއްޓީއަށް އެދޭއިރު މުވައްޒަފު މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހުމުން، ޗުއްޓީއާ މެދު ގޮތެއް ނިންމުމަށް ގިނަ ދުވަސްތަކެއް ހޭދަވެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އަލަށް އެކުލަވާލި އުސޫލުގެ ދަށުން، މުވައްޒަފު މަސައްކަތްކުރާ އޮފީހަށް ކޮޕީކުރުމަށްފަހު، ސީދާ ސީއެސްސީއަށް ފޯމު ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
މި އުސޫލުގެ ދަށުން ޗުއްޓީއަށް އެދޭ މުވައްޒަފުން، ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސް ކުރިން، ގުޅުންހުރި ލިޔެކިއުންތަކާއެކު ސީއެސްސީއަށް ފޯމު ހުށަހަޅަން ޖެހޭނެއެވެ. މި ބަދަލަކީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ގާތްގަނޑަކަށް 26،000 މުވައްޒަފުންނަށް ލިބިގެންދާނެ ލުޔެކެވެ.
ކިޔުންތެރިންގެ ހިޔާލު