ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

އަނެއްކާވެސް ރާއްޖޭގެ ވައި ނުސާފުވެ ޢާންމުން ސަމާލުވާން އެދިއްޖެ

ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ދުރު ފެންނަ މިންވަރު ދަށްވެ، އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މެޓު އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްޙަތަށް ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފު ކަމަށެވެ. މެޓުން ވިދާޅުވީ، ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ “ރެޑް އެލަރޓް”އަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށާއި، ސިއްޙީގޮތުން މައްސަލަ ނެތް ފަރާތްތަކުންވެސް މިއަދު ސަމާލުވާންޖެހޭ ކަމަށް މެޓުން ވިދާޅުވެއެވެ.

މެޓު އޮފީހުން ވިދާޅުވީ، ދުރު ފެންނަ ނިސްބަތް ހުންނަ މިންވަރު ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށެވެ.

ރާއްޖޭގެ އެއަރ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރި މިންވަރު ވަނީ، 193 އަށް އަރާފައެވެ. އަދި ދ.ކުޑަހުވަދޫގައި ހުންނަ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުން އެސަރަޙައްދުގެ ވައިގެ ކޮލިޓި ހުރީ 162 ގައެވެ.

ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކުގައެވެ. ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި މިމައްސަލަ ރާއްޖެއަށް ދަނީ ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

moosun

އަންގާރައިން ފެށިގެން މޫސުން އަލިވާނެ

Ii

މާލޭގައި ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

TTH_advertisement