ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަނޑުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެގޮތް ހަމަޖައްސަން މަޝްވަރާކޮށްފި

Image 20

ރަށްރަށުގައި ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާހު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަން ކުރާ ރަށްރަށުގެ ދަނޑު ބިންތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ފެނަކައާ ގުޅިގެން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގެ ރަށްރަށުގައި ދަނޑު ހެއްދުމަށް ދޫކުރާ ސަރަޙައްދުތަކަކީ އާންމުގޮތެއްގައި މިހުން ދިރިއުޅޭ ސަރަޙައްދާ ދުރުން، ބިން ދޫކޮށްގެން އެ މަސައްކަތްކުރާ ސަރަޙައްދުތަކަށް ވުމުން ދަނޑުތަކަށް ފެން ހޯދަނީ، އަމިއްލައަށް ވަޅު ކޮނެ ޕަމްޕް ބަހައްޓައިގެނެވެ. މިއީ ދަނޑުވެރިކަން ކުރުމަށް އޮތް ވަރަށް ބޮޑު ދައްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

98

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި