ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހުކުމްކޮށްފި

Amin Avenue Bas Ip 2.jpg

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ބައްސާމް އަދީލް ޖަލީލް، ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ހުކުމްކޮށްފި އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ކުށުގެ ދައުވާ އެވެ. އަމީން ކޮންސްޓްރަކްޝަންގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާކޮށްފައިވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންއަށް އެހީވެދިނުމުގެ ކުށުގެ ދައުވާއެވެ. ދެން މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ދައުވާކުރަނީ ހަސަން ވަހީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވަނީ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ނިންމަވައިފަ އެވެ.

ގާޒީ ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ހަސަން ވަހީދާ ހަވާލުކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ. އެ ފައިސާ އެފްއޭއެމްއާ ހަވާލުކުރި ކަން އަންގައިދޭން އަމިންއިން ކޭޝް ވައުޗާތަކެއް ތައްޔާރުކުރި ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ޖަމާވެފައެއް ނުވެ އެވެ. އެފްއޭއެމްގެ ޑޮލަރު އަމިން ކުންފުންޏަށް ޖަމާވި ކަމަށް އެ ކުންފުނިން އިންކާރު ނުކުރާއިރު، އެ ކުންފުނިން އިންކާރު ކުރަނީ އެ ފައިސާ އެފްއޭއެމްއަށް ހަވާލު ނުކުރާ ކަމާއި އެ ފައިސާއިން ބައްސާމްގެ އެޕާޓްމެންޓަށް ފައިސާ ދައްކާފައިވާ ކަމެވެ.

އެ މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޝަރީއަތުން ނިންމި ނަމަވެސް ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވެ އެވެ. ގާޒީ ވިދާޅުވީ އެފްއޭއެމަށް ލިބުނު ފައިސާ އެ ތަނަށް ނުވައްދައި، އެހާ ވަރުގެ ފައިސާ އިން ބައްސާމް ޕެންޓްހައުސް ގަނެފައިވާ ކަން ސާބިތުވާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާކޮށްފައިވާ އަގީލް އަދި ހަސަން ވަހީދާމެދު ޝަރީއަތުން އަދި ގޮތެއް ނުނިންމަ އެވެ.

2018ގައި ފީފާއިން އެފްއޭއެމަށް ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ބައްސާމް މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PG Office

އަމީން ސަލާމަތްވުމުން މައްސަލަ ހައިކޯޓަށް

990

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

Mal

ބައްސާމްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، ޖޫރިމަނާކޮށްފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

TTH_advertisement