ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ ހައްލުކޮށް ދެއްވުމާއިއެކު، މައްސަލަ ނިންމި އަދަދަށް ބޮޑު ކުރިއެރުމެއް

TTH_Ads
STO_Ads
Advertisement

ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް މުޢިއްޒު، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގުމަށް އައު އިމާރާތެއް ހަމަޖައްސައިދެއްވުމުގެ ސަބަބުން ކޯޓުން މައްސަލަ ނިންމި އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

އެ ކޯޓުން އާއްމުކޮށްފައިވާ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރު އެ ކޯޓަށް ޖުމްލަ 1،062 މައްސަލައެއް ހުށަހަޅާފައވެއެވެ. ކޯޓުގެ ގާޒީންވަނީ މި އަހަރު ޖުމްލަ 1،380 މައްސަލަައެއް ނިންމާފައެވެ. އެހެންކަމުން ކޯޓަށް ހުށަހެޅުނު މައްސަލަތައް ނިންމި ރޭޓު ހުރީ 130 އިންސައްތައިގައެވެ.

ކޮންމެ މަހަކު ކޯޓުން މައްސަލަތައް ނިންމި އަދަދަށް ބަލާނަމަ އައު އިމާރާތަށް ބަދަލުވުމުގެ ކުރިން 2025 ވަނަ އަހަރު މަހެއްގެ މައްޗަށް އެވެރެޖުކޮށް ނިންމާލެވިފައިވަނީ 72 މައްސަލައެވެ. އައު އިމާރާތަށް ބަދަލުވުމަށްފަހު އެވެރެޖުކޮށް މަހެއްގެ މައްޗަށް މައްސަލަ ނިންމި އަދަދުވަނީ 140 އިންސައްތައިން އިތުރުވެފައެވެ. އެގޮތުން އެވެރެޖުކޮށް މަހަކު 175 މައްސަލަ ކޯޓުން ނިންމާފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

މި އަހަރު އެންމެ ގިނަ މައްސަލަ ނިންމެވީ ގާޒީ އަލީ ނަދީމެވެ. އޭނާވަނީ 302 މައްސަަލަ ނިންމަވާފައެވެ. އެންމެ މަދުން މައްސަލަތައް ނިންމެވި ގާޒީ ހުސައި ފާއިޒު ރަޝާދު ނިންމެވީ 56 މައްސަލައެވެ.

2024 ވަނަ އަހަރު ނިމިފައިވަނީ ޖުމްލަ 649 މައްސަލައެވެ. އެހެންކަމުން 2024 ވަނަ އަހަރާ އަޅާބަލާއިރު 205 ވަނަ އަހަރު ކޯޓުން މައްސަލަތައް ނިންމި މިންވަރު 113 އިންސައްތަ އިތުރުވެފައިވެއެވެ.

ކްރިމިނަލް ކޯޓު ހިންގަމުން އައި އިމާރާތުގެ ބޮޑު ބައެއް ހަލާކުވެ ބާވެ ބޭނުންނުކުރެވޭ މިންވަރަށް ވީރާނާވުމުގެ ސަބަބުން ކޯޓުގެ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިފައިވަނިކޮށް، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ހުޅުމާލޭގައި ކޯޓަށް އައު އިމާރާތެއް ތައްޔާރުކޮށްދެއްވިއެވެ.

އެ އިމާރާތަށް ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ބަދަލުކޮށް، ދެ ކޯޓުގެ އަޑުއެހުންތައް އެތަނުގައި ކުރިއަށްގެންދަން ފެށީ މި އަހަރުގެ ޖުލައި މަހުއެވެ. މި އިމާރާތުގައި ކްރިމިނަލް ކޯޓުގެ 11 ސެކްޝަނަށް 10 ކޯޓު ރޫމު ހުރެއެވެ. އަދި ޑްރަގް ކޯޓުގެ ބޭނުންތަކަށް ފަސް ކޯޓު ރޫމު ހުރެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަތް ކިލޯ ޑްރަގް މައްސަލާއާާ ގުޅޭ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ސިނގިރޭޓު ވައްކަން: ވަހީދާއި އާއްޓެ އަދި މުއާޒުގެ ޝަރީއަތް މިއަދު ފަށަނީ