ކުއްލި ޚަބަރު

ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކުރައްވައިފި

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި

މި ރޯދަމަހު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެކަމަށް

ރާއްޖޭގައި ކެންސަރު ބަލި އާންމުވަމުންދާ ސަބަބު އަދި ނޭނގޭ: ނާޒިމް

minister nazim

ދިވެހިރާއްޖޭގައި ކެންސަރު ބަލި އާންމުވަމުން އަންނަ ނަމަވެސް، ދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބު އަދި ނޭނގޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހާމަކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ އެކަން ދެނެގަތުމަށްޓަކައި މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

މިދިޔަ އަހަރު ބައެއް ރަށްރަށުގައި ކެންސަރު ބަލީގެ އަދަދު އިތުރުވެ، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ ބަޔަކު ކެންސަރު ބަލީގައި މަރުވުމާއެކު އެ ވާހަކަތައް އާންމުންގެ ސަމާލުކަމަށް އައެވެ. ބ. ގޮއިދޫ ފަދަ ދަނޑުވެރި ރަށްރަށުގައި ކެންސަރު ބަލި އާންމުވުމާއެކު ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އާންމުން އެދިފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ކެންސަރަކީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ކަންބޮޑުވުން އޮތް ބަލި ކަމަށެވެ. ކެންސަރު ޖެހެން މަގުފަހިވާ އެކި ސަބަބުތައް ހުރިނަމަވެސް، ދިވެހީންނަށް ކެންސަރު ޖެހެނީ ކޮން ސަބަބަކާ ހުރެތޯ ވަކިން އެނގިފައި ނެތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބައެއް ފަހަރު ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާ ގުޅިފައި ޖެހޭ ބަލިއެއް ކަމަށާއި، އަނެއް ބައި ފަހަރު އާއިލީ ގޮތުން ވާރުތަވާ ބަލިއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކެންސަރު ޖެހުމުގައި އެންމެ އާންމު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކަމަށެވެ. ދުންފަތާ ގުޅޭ ގޮތުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް މިނިސްޓަރު އުއްމީދު ކުރެއްވިއެވެ. އަދި ރާއްޖޭގެ ދަނޑުތަކުގައި ބޭނުންކުރާ ބޭރުން އެތެރެކުރާ ކެމިކަލް ތަކަކީ ވެސް ކެންސަރަށް މަގުފަހިވާ ބިރު ހުރި މާއްދާތަކެއް ކަމަށް ފާހަގަކުރެވިފައިވެއެވެ. ނާޒިމް ވިދާޅުވީ ރަށްރަށުގައި ކުރިއާލާ ޓެސްޓު ހެދުމުގެ މަގު ފަހިކުރުމާއި، އަތޮޅު ތެރޭގައި ކެންސަރު ފަރުވާ ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޞިއްޙީ ޚިދުމަތް ތަރައްޤީކުރަން އައިއެސްޑީބީ އިން 6.2 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް

މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ

6 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފި

ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރަން ނޭޕާލާ އެކު މަޝްވަރާކޮށްފި

TTH_advertisement