ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕްގެ ދެވަނަ އިންޒާރު: މުޒާހަރާ ކުރާ މީހުން މަރާނަމަ އީރާނަށް ވަރުގަދަ އެތިފަހަރެއް ދޭނަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެއަރފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ:

ވެނެޒުއެލާގެ ވެރިރަށް ކަރާކަސް އަށާއި، އެހެން ސްޓޭޓްތަކަށް ބޮންއަޅައި، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިއުމަށްފަހު، އެމެރިކާއިން ކެރީބިއަން ކަނޑަށް ޖަމާކޮށްފައިވާ ވަރުގަދަ ބިޔަ ލަޝްކަރުގައި ހިމެނޭ ބައެއް ހަތިޔާރު ޔޫރަޕަށް ޓްރާންސްފަރ ކުރަން ފަށާފައިވާ ކަމަށް އިއްޔެވަނީ ރިޕޯޓްތައް ފެތުރިފައެވެ.

ހަނގުރާމައިގެ އެ ހަތިޔާރު ޔޫރަޕުން ދެން ގެންދެވޭނީ އިސްރާއީލަށް ކަމަށްވެސް ރިޕޯޓްތައް ފެތުރިފައި ވެއެވެ. އިސްރާއީލުގައިވެސް އެމެރިކާގެ އަސްކަރީ ބޭސްތަކާއި، ހަތިޔާރު ގުދަންތައް ހުރެއެވެ.

އިސްރާއީލާއި އީރާނާ ދެމެދު ޖޫންމަހު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ކުރިންވެސް، އެމެރިކާގެ އަމަލުތައް ފެނުނީ މިގޮތަށެވެ. ޔޫރަޕް މަގުން ހަނގުރާމައިގެ ހަތިޔާރު ޖަމާކޮށް އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާވެސް ބައިވެރިވީއެވެ.

އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ އިހަކަށްދުވަހު އެމެރިކާއަށް ގެންގޮސް އެމެރިކާގެ ރައީސް ދެއްކި ވާހަކައިގެ ތެރޭގައި، އީރާނުން ނިއުކްލިއަރ ޕްރޮގްރާމް އަދި މިސައިލް ޕްރޮގްރާމް އަލުން ތަރައްގީ ކުރާނަމަ އީރާނަށް އަލުން ހަމަލާ ދޭން ޖެހިދާނޭކަމުގެ އިންޒާރުތައް ދީފައި ވެއެވެ.

އެހެން ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މިވަނީ، އީރާނުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅުވައި، އީރާނަށް ހަމަލާދޭން ޖެހިދާނޭކަމުގެ އިންޒާރު ކޮށްފައެވެ.

އެއަރފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ، މުޒާހަރާ ކުރާ އިތުރު މީހުން މަރާނަމަ އެމެރިކާއިން އީރާނަށް ވަރުގަދަ އެތިފަހަރެއް ދޭނޭ ކަމަށެވެ. މާޒީގައި އީރާނުން މީހުން މެރިފަދައިން މީހުން މަރަން ފުރުސަތު ނުދޭނޭ ކަމަށްވެސް ޓްރަމްޕް ބުނެ އިންޒާރު ކޮށްފައި ވެއެވެ.

މިދިޔަ ހުކުރު ދުވަހުވެސް އެމެރިކާގެ ރައީސް ބުނެފައިވަނީ، ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރާ މީހުންގެ ގަޔަށް އީރާނުން ބަޑިޖަހާނަމަ އެކަމުގެ ތެރެއަށް އެމެރިކާ ވަންނާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ބުނީ، އީރާނުގެ މަސްރަހް އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެމުން އީރާނުގެ ޚާރިޖިއްޔާއިން މިއަދު ބުނެފައިވަނީ، އީރާނުގެ އެތެރޭގެ ހާލަތާ ގުޅޭގޮތުން އެމެރިކާގެ ހަރުކަށި ވެރިންނާއި، ޒަޔަނިސްޓު މުޖުރިމު ނަތަންޔާހޫގެ ބަޔާންތަކުން ޓެރަރިޒަމާއި ހަމަނުޖެހުންތައް ހިންގުމަށް ހިތްވަރު ދެމުންދާ ކަމަށެވެ.

ޒަޔަނިސްޓު ދައުލަތުން އޮތީ އީރާނަށް ހަމަލާދޭނޭ ފުރުސަތަކަށް ބަލަބަލާ ކަމަށްވެސް، އީރާނު ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

އީރާނުގެ އަސްކަރީ އަދި ސިޔާސީ އެކިއެކި މަސްއޫލުވެރިން ވިދާޅުވަމުން ގެންދަވަނީ، އީރާނުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެމެރިކާއާއި އިސްރާއީލު އަޑީގައި އޮވެގެން ކުރުވަމުން ގެންދާ މުޒާހަރާތަކެއް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އީރާނުގައި ފެށި ސުލްހަވެރި މުޒާހަރާތަކުގެ ތެރެއަށް ހަރުކަށި ގްރޫޕްތަކުން ވަދެގަނެ، ސަލާމަތީ ބާރުތަކަށް ހަތިޔާރުންވެސް ހަމަލާދީ، ތަންތަނުގައި ހުޅުޖަހައި ބޮޑެތި ގެންލުންތައް ދަނީ ދެމުންނެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން ގެންދަނީ، މުޒާހަރާތައް ރޫޅާލަން މަސައްކަތްކޮށް އަދި އެތައް ބަޔަކު ހައްޔަރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް، ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ދަނީ ގޮވާލަމުން

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް