ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެ ރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފަ އެވެ.
މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. ރަށުގެ އިސް ވެރީންނާއި އާންމުން ބައިވެރިވި މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ކަނޑައެޅިފައިވާ ތާރީޚަށް މަޝްރޫޢު ނިންމެވުމަކީ އަމާޒެއް ކަމުގައި ވިދާޅުވެފަަ އެވެ.
![]()
ނަޑެއްލާ އައު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމުން އޮޑި ދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށާއި ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ވެެގެންދާނެ އެވެ.
ކިޔުންތެރިންގެ ހިޔާލު