ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ފޭސް 3 ބިންހިއްކުމުގެ 77 އިންސައްތަ މަސައްކަތް ނިންމާލައިފި

Main 20260103 200751

ހުޅުމާލޭ ފޭސް 3 ބިންހިއްކުމުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، 3 ވަަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން 49 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަަމަށެވެ. މިއީ މި މަޝްރޫއުގެ %77.78 މަސައްކަތެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގޮތުން ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށްގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު މިހާރު ތާވަލްކުރެވިފައިވާ ގޮތުން މިމަހުގެ 20 އަށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢުއަކީ، މާލެ ސަރަޙައްދުން ގޯތި ދޫކުރުމަށް ފެށި “ބިންވެރިޔާ” މަޝްރޫޢުގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ކަނޑައެޅި ގޯތިތައް ދިނުމަށް ހިއްކާ ސަރަޙައްދެކެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 3 ސަރަޙައްދަކަށް ބަހާލައިގެން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MACL taxi

ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭގޮތަށް، ހަމަޖައްސައިފި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި