ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާން ނުދޭނަން، ގައުމުގެ މިނިވަންކަން ދިފާއު ކުރާނަން: ވެނެޒުއެލާގެ ދިފާއީ ވަޒީރު

ވެނެޒުއެލާގެ ދިފާއީ ވަޒީރު ވްލަޑިމީރް ޕެޑްރީނޯ ލޮޕޭޒް ވ

އެމެރިކާއަށް އަމާން ނުދެއްވާނޭ ކަމަށް ވެނެޒުއެލާގެ ދިފާއީ ވަޒީރު ވްލަޑިމީރް ޕެޑްރީނޯ ލޮޕޭޒް ވިދާޅުވެއްޖެއެވެ.

ވެނެޒުއެލާގެ ދިފާއީ ވަޒީރު މިފަދައިން ވިދާޅުވީ، އެމެރިކާ ސިފައިން އެއްގަމުމަގުންނާއި ވައިގެމަގުން ވެނެޒުއެލާގެ ވެރިރަށާއި، އެހެން ރަށްތަކަށް ވަރުގަދަ ހަމަލާތަކެއްދީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިއުމާ ގުޅިގެންނެވެ.

ދިފާއީ ވަޒީރު ވްލަޑިމީރް ޕެޑްރީނޯ ލޮޕޭޒް ވިދާޅުވީ، ވެނެޒުއެލާއިން އެމެރިކާއަށް އަމާން ނުދޭނޭ ކަމަށާއި، އެމެރިކާއާ އެއްވެސް މުއާމަލާތެއްވެސް ނުކުރާނޭ ކަމަށެވެ.

ގައުމުގެ މިނިވަންކަމަކީ އެއްވެސް ބަޔަކާ މަޝްވަރާކޮށް ވާހަކަ ދައްކަން ބޭނުންވާ މައުޟޫއެއް ނޫން ކަމަށެވެ.

ވެނެޒުއެލާގެ ރައްޔިތުން ތިބޭނީ އެއްބައިވަންތަކަމާ އެކުގައި ކަމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި އެއްބައިވަންތަކަން ދިފާއު ކުރާނޭ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވައުދުވެވަޑައި ގެންފައި ވެއެވެ.

ވެނެޒުއެލާގެ ރައްޔިތުން ބަދަހިކަމުގައި ތިބެ ކާމިޔާބުގެ އައްސޭރިއަށް ވާސިލްވާނޭ ކަމަށްވެސް، ދިފާއީ ވަޒީރު ވްލަޑިމީރް ޕެޑްރީނޯ ލޮޕޭޒް ވިދާޅުވިއެވެ.

ދުޝްމަން އެމެރިކާގެ އެއް ބޭނުމަކީ ވެނެޒުއެލާގެ ރައްޔިތުން ހާސްކޮށް، ބިރުގަންނަވައި، ގައުމުގައި ހަމަނުޖެހުން އުފެއްދުން ކަމަށާއި، މި ދަނޑިވަޅުގައި ޕެނިކްނުވެ، ވިސްނުންތެރި ކަމާއެކު ކަންކަން ކުރުމަށް ދިފާއީ ވަޒީރު، ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައި ވެއެވެ.

ވެނެޒުއެލާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން، އަސްކަރީ ހުރިހާ ފައުޖުތަކެއް މިހާރު ރުކުރާލެވިފައިވާ ކަމަށްވެސް، ދިފާއީ ވަޒީރު ވްލަޑިމީރް ޕެޑްރީނޯ ލޮޕޭޒް ވިދާޅުވެފައި ވެއެވެ.

އެމެރިކާއިން ވެނެޒުއެލާއަށް ދިން ކުއްލި ހަމަލާގައި، ވެރިރަށް ކަރާސްކަސްގައި ހުންނަ ދިފާއީ ވަޒީރުގެ ގެކޮޅަށްވެސް ހަމަލާ ދިނެވެ. އެއީ އޭނާ އަވަހާރަކޮށްލުމަށެވެ.

އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ވެނެޒުއެލާގެ ރައްޔިތުން ކެތްތެރިވެ ތިބުމަށް، އެގައުމުގެ ދާޚިލީ ވަޒީރު ދިއޮސްދާދޯ ކަބެއްލޯ ވަނީ ގައުމާ މުޚާތަބު ކުރައްވައި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ހާލަތުގައި، ވެރިކަމުގައި ތިބި ފަރާތްތަކާއި، ވެނެޒުއެލާގެ ސިޔާސީ އަދި އަސްކަރީ ހައި ކޮމާންޑަށް އިތުރުބާރުކޮށް ކެތްތެރިކަމާއެކު ތިބުމަށް ކަބެއްލޯވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައި ގެންފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ވެނެޒުއެލާގެ މުސްތަގްބަލާ ގުޅޭގޮތުން ދާދި ދެންމެ ވާހަކަ ދައްކާފައެވެ. ބުނެފައިވަނީ، އެކަމަށް ގޮތެއް ނިންމަމުން ގެންދާ ކަމަށެވެ.

ޓްރަމްޕް ބުނީ، ވެނެޒުއެލާގެ ރައީސް ހައްޔަރު ކުރުމުގެ ތެރޭގައި އެމެރިކާގެ ބައެއް ސިފައިންނަށް އަނިޔާވި ނަމަވެސް އެއްވެސް މީހަކު މަރުނުވާ ކަމަށެވެ.

ހަމަ އެއާއެކު، ވެނެޒުއެލާގެ ތެލުގެ ކޮންޓްރޯލް އެމެރިކާއިން ނަގާނެކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ނިކޮލަސް މަދޫރޯ ވެރިކަމުން ދުރުކުރަން އެމެރިކާއިން އުޅެނީ ވެނެޒުއެލާގެ ތެލުގެ ދަހިވެތިކަމުގައި ކަމަށް، ކުރިންވެސް އެތައް ބަޔަކު ގެންދިޔައީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ

އިންގިލާބީ ލަޝްކަރުން ބުނަނީ އީރާނުގެ ގާބިލްކަން އެމެރިކާއަށް ނޭނގޭކަމަށް، ވަރުގަދަ ކުރިމަތިލުމަކަށް ޓްރަމްޕް ތައްޔާރުވެއްޖެ

ޓްރަމްޕް ދިން މުހުލަތު ހަމަވާން ގާތްވަނީ، އީރާނު “ސުންނާފަތިކުރަން” އިސްރާއީލުވެސް ތައްޔާރުވަނީ