ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކަށްފަހު ރައީސް މަދޫރޯގެ ދެކަނބަލުން ވީތަނެއް ނޭނގޭ: ވެނެޒުއެލާގެ ނައިބް ރައީސް

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާއި، އަނބިކަނބަލުން ސީލިއާ ފްލޮރެސް:

އެމެރިކާއިން ވެނެޒުއެލާގެ ރަށްތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކަށްފަހު ރައީސް ނިކޮލަސް މަދޫރޯއާއި، އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް ވީތަނެއް ނޭނގޭ ކަމަށް ވެނެޒުއެލާއިން ބުނެފިއެވެ.

ވެނެޒުއެލާގެ ގައުމީ ޓީވީން އާންމުކުރި ނައިބް ރައީސް ޑެލްސީ ރޮޑްރިގޭޒްގެ އޯޑިއޯ މެސެޖެއްގައި ވިދާޅުވީ، ރައީސް މަދޫރޯ އަދި އަނބިކަނބަލުން ސީލިއާ ވީތަނެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ހަމަ އެއާއެކު، އެބޭފުޅުން ދިރިތިބިކަން ކަށަވަރު ކޮށްދިނުމަށް ގޮވާލައްވާފައި ވެއެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާއަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ވެނެޒުއެލާގެ ރައީސް މަދޫރޯއާއި، އޭނާގެ އަނބިކަނބަލުން ސީލިއާ “ހައްޔަރު” ކުރެވި، ވެނެޒުއެލާއިން ބޭރަށް ގެންދެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ ސިފައިން ދިން ވަރުގަދަ ހަމަލާތަކަށްފަހު ވެނެޒުއެލާގައިވަނީ އިމަޖެންސީ ގާނޫނު ހިންގާފައެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާ ސިފައިންގެ ތަންތަނަށާއި، އާންމުންނަށްވެސް ހަމަލާ ދިން ކަމަށް ބުނެ ވެނެޒުއެލާ ސަރުކާރުންވަނީ އެމެރިކާގެ އުދުވާނު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

އެމެރިކާ ސިފައިން އެންމެ ވަރުގަދައަށް ވައިގެ ހަމަލާތައް ދީފައިވަނީ ވެރިރަށް ކަރާކަސްއަށެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަސްކަރީ ވަރުގަދަ ހަމަލާތަކެއްދީ، ވެނެޒުއެލާގެ ރައީސްގެ ދެކަނބަލުން ހައްޔަރު ކޮށްގެން މި ގެންދިޔައީ، ވެނެޒުއެލާއަށް ހަމަލާ ދޭނޭ ކަމަށް ބުނެ އެތައް އިންޒާރުތަކެއް ދީ، މަސްރަހް ވަރަށް ބޮޑަށް ނުތަނަވަސްވެފައި ވަނިކޮށެވެ.

ވެނެޒުއެލާއަށް ދަތިކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ވެނެޒުއެލާ ކައިރިން ކަނޑުގެ ސަރަހައްދުން ދަތުރުކުރި ވިއްސަށްވުރެ ގިނަ ބޯޓަށް އެމެރިކާ ސިފައިން ހަމަލާދީ ފައްތާލާފައި ވެއެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާއަށް ދިން ވަރުގަދަ ހަމަލާތައް، ކިއުބާއިން ވަރަށް ބޮޑަށް ކުށްވެރިކޮށް ބުނެފައިވަނީ މިއީ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށެވެ. ބައިނަލްއަގްވަމީ މުޖުތަމައުން މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ކިއުބާއިން ގޮވާލާފައި ވެއެވެ.

އީރާނާއި، ރަޝިޔާއިންވެސްވަނީ އެމެރިކާގެ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އީޔޫއާއި، ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނެފައިވަނީ، ވެނެޒުއެލާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ނިކޮލަސް މަދޫރޯއަށްފަހު ވެނެޒުއެލާގައި ގާއިމްކުރަން ރާވާފައިވަނީ އެމެރިކާއާއި ހުޅަނގުގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ. އެ ސަރުކާރުގެ ވެރިޔަކަށް ލުމަށް ހަމަޖެހިފައިވަނީ މާރިއާ ކޮރީނާ މަޝާޑޯއެވެ.

އެކަމަކު، އެމެރިކާއިން ވެނެޒުއެލާއަށް އަސްކަރީ ހަމަލާ ދިނުމަށް ވެނެޒުއެލާގެ އިދިކޮޅު ހުރިހާ ފަރާތްތަކުންވެސް ދެކޮޅު ހަދާފައިވާތީ، މާރިއާގެ މުސްތަގްބަލާމެދު ސުވާލު އުފެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް، ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ދަނީ ގޮވާލަމުން

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް