ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ގައުމީ އެއާލައިން، މޯލްޑިވިއަނުން، ބަންގުލަދޭޝްގެ ވެރިރަށް ޑާކާއަށް އަލުން ދަތުރު ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

މޯލްޑިވިއަނުން ބުނީ ހަފުތާގެ ބުރާސްފަތި އަދި އާދީއްތަ ދުވަހު ބާއްވާ އެ ދަތުރުގެ ދެކޮޅުގެ ޓިކެޓުގެ ފެށޭ އަގަކީ 399 ޑޮލަރު ކަމަށެވެ. ކޮންމެ ޕަސެންޖަރަކަށް 30 ކިލޯގެ ބެގޭޖް އެލެވެންސް ވެސް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ޑާކާއަށް ކުރާ ދަތުރުތަކަށް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ޕަސެންޖަރުންނަށް ފުލައިޓުގެ ތެރޭގައި ކެއުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެ ދަތުރުތައް އަލުން ފެށުމުގެ އުފަލުގައި، މި މަހުގެ ނުވަވަނަ ދުވަހުގައި “ޑާކާ ވީ ހާޑް ޔޫ” ގެ ނަމުގައި މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެ ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުން ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ބަންގްލަދޭޝްއިން ވަގުތީ ގޮތުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމި ނިންމުން އަނބުރާ ގެނެސްފި

Bangladesh Immigration

ބަންގްލަދޭޝުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

TTH_advertisement