ކުއްލި ޚަބަރު

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވިސާދިނުން ހުއްޓާލައި އެމެރިކާ ރައްޔިތުން އެރުން މަނާކުރާ އެފްރިކާ ގައުމުތަކުގެ ލިސްޓް ދިގުވަނީ

ބުރްކިނާ ފާސޯއާއި މާލީގެ އަސްކަރީ ވެރިން:

އެމެރިކާގެ ރައްޔިތުންނަށް ވިސާދިނުން ހުއްޓާލައި، އެމެރިކާގެ ރައްޔިތުން އެރުން މަނާކުރާ އެފްރިކާގެ ގައުމުތަކުގެ ލިސްޓު ދިގުވާން ފަށައިފިއެވެ.

އެމެރިކާ ރައްޔިތުންނަށް ވިސާދިނުން އެންމެ ފަހުން ހުއްޓާލި ދެގައުމަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ މާލީއާއި ބުރްކިނާ ފާސޯއެވެ.

މާލީއާއި ބުރްކިނާ ފާސޯއިން މިއަދު އިއުލާން ކޮށްފައިވަނީ، މިއަދުން ފެށިގެން އެމެރިކާގެ އެއްވެސް ރައްޔިތަކަށް އެ ގައުމުތަކަށް ނޭރޭނޭ ކަމަށެވެ.

މިއީ، އެ ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދިއުމަށް ވިސާދިނުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫންމަހު ނިންމި ނިންމުމަށް މިއަދު އަމަލުކުރަން ފެށުމާ ގުޅިގެން އެކަމުގެ ރައްދުގައި މާލީއާއި، ބުރްކިނާ ފާސޯއިން އެޅި ފިޔަވަޅެކެވެ.

މާލީ ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން އެޅި ހުރިހާ ފިޔަވަޅުތައް، އެމެރިކާ ރައްޔިތުންނާ ދެކޮޅަށް މިހާރު އަޅާފައިވާ ކަމަށެވެ.

ބުރްކިނާ ފާސޯގެ ޚާރިޖީ ވަޒީރުވެސް ވަނީ، ހަމަ އެފަދައިން އެމެރިކާ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާކަން އިއުލާން ކުރައްވާފައެވެ.

ޓްރަމްޕް އެޅި ފިޔަވަޅުތަކުގެ ރައްދުގައި، އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުން ހުކުރު ދުވަހުވަނީ، އެމެރިކާގެ ރައްޔިތުންނަށް ވިސާދިނުން ހުއްޓާލާފައެވެ.

ބުރްކިނާ ފާސޯ، މާލީ އަދި ނައިޖަރަކީވެސް މިވަގުތު އަސްކަރީ ވެރިކަމެއް ކުރާ ތިން ގައުމެވެ.

އެމެރިކާގެ ސަރުކާރުގެ އޮފިޝަލުން ފިޔަވައި، އެމެރިކާގެ ރައްޔިތުންނަށް ވިސާދިނުން އެފްރިކާގެ ގައުމެއް ކަމަށްވާ ޗާޑުން ޖޫންމަހުގެ 6 ވަނަ ދުވަހު ވަނީ ހުއްޓާލާފައެވެ. އެކަމަކު، ޖޫން 6 ގެ ކުރިން ވިސާ ދޫކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް އެގައުމަށް އެތެރެ ވެވޭގޮތް ހަދާފައި ވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް، ޖޫންމަހު އިއުލާންކުރި ވިސާގެ ދަތިކުރުމުގެ ފިޔަވަޅު އެފްރިކާ، އޭޝިޔާ، މެދުއިރުމަތި އަދި ލެޓިން އެމެރިކާގެ 39 ގައުމެއްގެ މައްޗަށް މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށާފައި ވެއެވެ.

ވައިޓްހައުސްއިން ބުނެފައިވަނީ، މި ގައުމުތަކާ ދެކޮޅަށް ވިސާގެ ދަތިކުރުމުގެ ފިޔަވަޅު އެޅީ، އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބެލެވިގެން ކަމަށެވެ.

މާލީއާއި ބުރްކިނާ ފާސޯގެ އިތުރުން، ލިސްޓަށް އެންމެފަހުން އިތުރުކުރި ގައުމުތަކަކީ؛ ލާއޮސް، ނައިޖަރު، ސިއެރާ ލިއޯން، ސައުތު ސޫދާން އަދި ސޫރިޔާއެވެ.

މީގެއިތުރުން، ފަލަސްތީނު ސަރުކާރުން ދޫކުރާ ޕާސްޕޯޓް އޮންނަ އެއްވެސް މީހަކުވެސް އެމެރިކާއަށް އެރުންވަނީ މަނާކޮށްފައެވެ.

 

އެމެރިކާއަށް އެރުމަށް އެއްގޮތަކަށްވެސް ވިސާ ނުދޭން ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ގައުމުތައް؛

  1. އަފްޣާނިސްތާން
  2. ބުރްކިނާ ފާސޯ
  3. ޗާޑް
  4. އިކުއެޓޯރިއަލް ގިނީ
  5. އެރިޓްރިއާ
  6. ހެއިޓީ
  7. އީރާން
  8. ލާއޯސް
  9. ލީބިޔާ
  10. މާލީ
  11. މިޔަންމާ
  12. ނައިޖަރު
  13. ރިޕަބްލިކް އޮފް ކޮންގޯ
  14. ސިއެރާ ލިއޯން
  15. ސޯމާލިއާ
  16. ސައުތު ސޫދާން
  17. ސޫދާން
  18. ސޫރިޔާ
  19. ޔަމަން
  20. ފަލަސްތީން

ވިސާ ދިނުމުގެ އުސޫލު އިތުރަށް ހަރުކަށިކޮށް ދަތިކުރި ގައުމުތައް؛

  1. އެންގޯލާ
  2. އެންޓިގުއާ އެންޑް ބާބިއުޑާ
  3. ބެނީން
  4. ބުރުންޑީ
  5. ކިއުބާ
  6. ޑޮމިނިކާ
  7. ގެބޯން
  8. ދަ ގެމްބިއާ
  9. އައިވަރީ ކޯސްޓް
  10. މަލާވީ
  11. މޮރިޓޭނިއާ
  12. ނައިޖީރިއާ
  13. ސެނެގާލް
  14. ޓެންޒޭނިއާ
  15. ޓޯގޯ
  16. ޓޮންގާ
  17. ތުރްކްމަނިސްތާން
  18. ވެނެޒުއެލާ
  19. ޒެމްބިއާ
  20. ޒިމްބާބުވޭ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނަށް ހަމަލާދޭން ސައުދީ ބިމާއި ވައިގެ ސަރަހައްދުވެސް ބޭނުން ނުކުރެވޭނޭކަން ރަސްމީކޮށް އަންގައިފި

އަސްކަރީ ބަޣާވާތެއްކޮށް ރައީސް ޝީ ޖިންޕިންގ މަގާމުން ދުރުކުރަން އުޅުނުކަމަށް ފެތުރެމުންދާ ވާހަކަތައް

ޑަބްލިޔޫއެޗްއޯއިން ވަކިވާން އެމެރިކާއިން ދެއްކި ސަބަބުތައް ޑރ. ޓެޑްރޮސް ދޮގުކުރައްވައިފި

TTH_advertisement