ކުއްލި ޚަބަރު

ފިލްމީ ތަރި ނިމާލު ނިޔާވެއްޖެ

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

ނިމާލަށް ސްޓްރޯކެއް ޖެހި ފަރުވާ ދެނީ

މަޝްހޫރު ފިލްމީ ތަރި އަޙްމަދު ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫ ގައި ފަރުވާން ފަށައިފި އެވެ.

ރާއްޖޭގެ ފިލްމީ އިންޑަސްޓްރީ ދުށް އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ ނިމާލަށް ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދަނީ އޭޑީކޭގެ އައިސީޔޫގަ އެވެ. ނިމާލްގެ ޙާލު ވަަރަށް ދެރަ ކަަމަށްވެސް އެނގިފައިވެ އެވެ.

މީގެ 42 އަހަރު ކުރީން ފެށިގެން ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވަމުން އައި ނިމާލަކީ ވަރަށް މޮޅު އެކްޓަރެކެވެ. އަދި އެއީ މޮޅު ޑައިރެކްޓަރެކެވެ. މި ފަހުން ނިކުތް ގިނަ ފިލްމުތަކުގައި ވެސް ނިމާލު ވަނީ ވަރަށް މޮޅެތި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ.

1984 ވަނަ އަހަރު ފިލްމު “ނުފޫޒު” ން ފިލްމީ މަސައްކަތާއި ގުޅުނު ނިމާލް ވަނީ 22 ވުރެ ގިނަ ފިލްމު ޑައިރެކްޓް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

5adc2450 c45f 48b4 9b11 67ec613d96f5

ފިލްމީ ތަރި ނިމާލު ނިޔާވެއްޖެ

ނިމާލް ނިޔާވެއްޖެ ކަަމަށް ބުނެ ފަތުރަނީ ދޮގެއް: އާއިލާ

TTH_advertisement