ކުއްލި ޚަބަރު

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

ޝައިޚް މުހައްމަދު އިބްރާހީމަށް އިސްލާމިކް މިނިސްޓްރީން ވަޒީފާ ހަމަޖައްސައިފި

Image 20

އަހަރުތަކެއް ވަންދެން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)އަށް އިސްލާމިކް މިނިސްޓްރީން ވަޒީފާއެއް ހަމަޖައްސައިދީފިއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޝައިޚް ނައިފަރީއާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ވުޒާރާގެ ‘ދައުވާ އެންޑް ގައިޑެންސް ސެކްޝަން’ގެ ވާއިޡު މުޝްރިކްގެ މަގާމަށް ޝައިޚް އައްޔަންކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ ޕަބްލިކް ސާވިސް ރޭންކު ހަތެއްގެ ވަޒީފާއެކެވެ. އެ މަގާމުގެ އަސާސީ މުސާރަ އަކީ 14،225 ރުފިޔާ އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި 6،640 ރުފިޔާ ލިބެއެވެ. އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 180 ރުފިޔާ ލިބޭނެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ޝައިޚް އިއްޔެއާ ހަމައަށް ހުންނެވީ ޅ. އަތޮޅު މަދްރަސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރުގެ މަގާމުގައެވެ. އެހެން ނަމަވެސް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ޝައިޚް، ނޯ ޕޭ ލީވްގައި ހުންނަވާތާ ހަތަރު އަހަރުވެއްޖެއެވެ.

ޝައިޚަކީ ޓީޗަރަކަށް ހުންނެވިއިރު ވެސް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އަދި އަމިއްލަ ގޮތުން ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރައްވާ ޚިދުމަތްތެރި އިލްމުވެރިއެކެވެ.

އެހެންވެ ޝައިޚަށް އެއްވެސް އާމްދަނީއެއް ނުލިބި އެހާ ގިނަ ދުވަހު ހުންނާތީ، އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ޝައިޚްގެ ވަޒީފާ ބަދަލުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި އެދުނީ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދިނެވެ. އަދި މިނިސްޓްރީން މިގޮތަށް އެދިފައިވާތީ ސީއެސްސީއަށް ގާނޫނާ ގަވައިދުން ލިބިދޭ އިޚްތިޔާރުގެ ދަށުން ޝައިޚްގެ ވަޒީފާ ބަދަލުކުރި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

“ލޮލުގެ ފެނުން ދިޔަފަހުން ވެސް އެބޭފުޅާ ގެންދަވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވަމުން. އެހެންވެ މިނިސްޓްރީން ބޭނުންނުވީ އެފަދަ ޚިދުމަތްތެރި ބޭފުޅެއްގެ ބޭނުން ނުހިފާ އެގޮތަށް ބަހައްޓަން،” މިނިސްޓްރީން ހިއްސާކުރި މެސެޖެއްގައި ބުންޏެވެ.

މި މަގާމުގައި ހުންނަވައިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ އެކިއެކި ޕްރޮގްރާމްތަކުގައި ޝައިޚް މުހައްމަދު އިބްރާހީމް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މަދަރުސަތުލް އިފްތިތާޙުގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވަމުން، ޝައިޚް ވަނީ ދީނީ އެކި މައުޟޫތަކަށް ފޮތް ލިޔުއްވައި، ދަރުސްތައް ދެއްވައި، ދީނީ އެކި ކަންކަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތް ކުރައްވައިފައެވެ.

ދަރުސް ދެއްވުމުގެ އިތުރުން ޙިސްނުލް މުސްލިމް، ކިތާބުއްޞިޔާމު، ކިތާބުއްޞަލާތު ފަދަ މުހިންމު ފޮތްތަކެއް ޝައިޚް ތަރުޖަމާ ކުރައްވާފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ރ ރައްޔިތެއް
ތި ގޮތައް ނިންމަވައި ދެއްވި ކަމަށްޓަކައި ވ ބޮޑަށް ޝުކުރިއްޔާ. ޝައިޚަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އެވެ.

ގުޅުންހުރި

ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަނީ

ޙައްޖު ޢުމްރާ ކޮންފަރެންސް: ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކޮށްފި

778

ދާރުލްއަަރުގަމްގެ ބިންގާ މިނިސްޓަރު ޝަހީމް އަޅުއްވައިދެއްވައިފި

TTH_advertisement