ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓާކިޝް އެއާލައިނަށް ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި

Whatsapp image 2025 12 31 at 18.04.48

ތުރުކީގެ ޤައުމީ އެއާލައިން ޓާކިޝް އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ބޭނުންކުރަން ފަށައިފިއެވެ.

ޓާކިޝް އެއާލައިނަށް ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލް އެކެއްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.

ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޓާކިޝް އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު އެލިފް އޮޒްޓުރުކް މިނާކް އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި ހިދުމަތްދޭން ފަށާފައެވެ. މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން ވަނީ އެ އެއާލައިނުން ފުރި 227 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލްއަށް ކައިރި ކުރި އޭރޯފްލޮޓްގެ ފުރަތަމަ ފްލައިޓް, TK734 އިން ރާއްޖެ އައި 384 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޓާކިޝް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2012 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހެވެ. ތުރުކީވިލާތުގެ ޤައުމީ އެއާލައިނުން ވީއައިއޭ އައު ޓާމިނަލް ބޭނުންކުރުމާއެކު ޓާމިނަލް 1 ބޭނުންކުރަމުންދާ އެއާލައިންތަކުގެ އަދަދު ވަނީ 41 އަރާފައެވެ.

ރާއްޖެއަށް ދަތުރުކުރާ ބޭރުގެ ބޮޑެތި އެއާލައިންތަކުން ވަނީ އައު ޓާމިނަލް ބޭނުންކުރަން ފަށާފައެވެ. މީގެ ތެރޭގައި ސިންގަޕޯ އެއާލައިންސް، އެމިރޭޓްސް، ޤަތަރު އަދި ބްރިޓީޝް އެއާވޭސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

airport velana

ރާއްޖެ އަންނަން އޮތް ގިނަ ފްލައިޓްތަކެއް މިއަދުވެސް ކެންސަލް

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

velana terminal VIA

ޑޮމެސްޓިކް ޓަރމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް މިއަދު ބަދަލުކުރަނީ