ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރުނާއިއެކު ސަރުކާރުން ސޮއިކޮށްފިއެވެ. މިކަމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށެވެ. މީގެ ސަބަބުން މިފަދަ އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ސަރުކާރަށް ހިތްވަރު ލިބި، އެކަމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖެއަށާއި، ދުނިޔޭގެ އިންވެސްޓަރުންނަށާއި ވަކިވަކި ފަރުދުންނަށް އާމްދަނީ ހޯދުމުގެ އާ މަގުތަކާއި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި، ތިމާވެށީގެ ރައްކާތެރިކަމާއި، 60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތަށް ލިބޭ ބޮޑު އެހީތެރިކަމެއް.” ސަޢީދު

ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ވަނީ މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދީފައިވާ ގައުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

“ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރެއްގެ ހައިސިއްޔަތުން، ދިވެހި ސަރުކާރުން ގެންގުޅުއްވާ ހަގީގީ ވިޔަފާރީގެ އުސޫލުތަކާމެދު އަޅުގަނޑުމެން އިންތިހާއަށް އުފާކުރަން. އަދި ބޭރުގެ އިންވެސްޓަރުންނަށް އޮތް އާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި ޔަގީންކަން ވަރަށް ބޮޑު.” ޕެރަޓް ކްރިސްޓިކް

ކްރިސްޓަލް ހޯލްޑިންގްސްގެ ފަރާތުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީކުރާނީ ނ. އަތޮޅުގައެވެ. މި މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާ އިންވެސްޓްކޮށްގެން ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ ޒަމާނުގެ ވަޞީލަތްތަކާއި ސިފަތަކާއެކު އިންޑިއާ ކަނޑުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ތަފާތު މަޝްރޫޢަކަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެދުކެނޑުމެއްނެތި ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ އުފުލޭނެ ރޫޓުތަކެއް ކަނޑައަޅައިފި

cafe

ރޯދަ މަހު ފިހާރަތައް މެންދަމު 1 ޖަހަންދެން، ކެފޭތައް 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

778

ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު