ކުއްލި ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ތައިލޭންޑްގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ވިއްސާރައިގައި އައްޑޫގެ 4 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް

addu

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު، ވަޔާ އެއްލާލައި ބޮޑެތި ގެއްލުންތަކެއްވެއްޖެވެ.

ވިއްސާރައިގައި ފުރާޅު އެއްލާލި ގެތަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް 4 ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާކަމަށެވެ. އެގޮތުން ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެއާއި 07:40 ހާއިރު މަރަދޫ އެމަރލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫންޝެޑޯ ގޭގެ ފުރާޅު އެއްލާލައިގެން ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ. މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މެޔަރ އަލީ ނިޒާރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި، ވައި ގަދަވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށެވެ. އެގޮތުން ބައެއް ގެތަކުގެ ފިރާޅު އެއްލާލައި މަގުމަތީގައި ހުރި ގަސްތައްވެސް ވެއްޓިފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން ހިތަދޫގައި ހުރި ބައެއް ފްލެޓްތަކަށްވެސް ގެއްލުންވެފައިވާއިރު ގެތަކަށް ފެންވަދެގެންވެސް ރިޕޯޓުކޮށްފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.

“ހަމަގަސްތައްވެސް ވައިބާރުކަމުން އެބަހުރި ވެއްޓިފައި. ފުރާޅު އެއްލާލާ ވަރަށް ބޮޑު ގެއްލުންތަކެއް ވަނީ ވެފައި. އަދި ފެންވަދެގެންވެސް އެބަހުރި ރިޕޯޓްކޮށްފައި. ނިސްބަތުން ހަމަ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި” ނިޒާރު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ޕިއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫއާއި ފުވައްމުލަކުން ވިއްސާރަވެ ވައިގަދަވެ ގެއްލުންވެގެން ރިޕޯޓް ލިބެމުންދާކަމަށެވެ. އައްޑޫގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި އަދި ފުވައްމުލަކު ގެއެއްގެ މައްޗަށް ބަންބުކެޔޮ ގަހެއްވެއްޓި ގެއްލުން ވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކަށް އިންސާނީ އެހީތެރިކަން ބޭނުންވެގެން ހުށައަޅާފައި ނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. ލިބެމުންދާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

addu

އޮޕަރޭޝަން އަލިމަގު: އައްޑޫން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ގަދަފަދަ ވިއްސާރައިގައި ދެކުނު އިރުމަތީ އޭޝިޔާއިން 1،300 މީހުން މަރު، ލައްކާއިން އެކަނިވެސް 410 މަރު

addu city

އައްޑޫ ކެޕޭސިޓީ 17 މެގަ ވޮޓަށް ރަމަޟާން މަހުގެ ކުރިން އިތުރު ކުރެވޭނެ: ނަޖާޙް

TTH_advertisement